އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް މަމްދޫހު

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމާށް އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ މަމްދޫހު ހަމަޖައްސައިިފިއެވެ.

ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގައި ހުންނެވި މަމްދޫހު އިމާދުއްދީނަށް ބަދަލުކުރީ މީގެ އަހަރެންހާ ދުވަސް ކުރިންނެވެ. އޭނާ އެ ސްކޫލަށް ބަދަލުކުރެއްވީ އިމާދުއްދީނުގެ ކުރީގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރާ މެދު ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނުތަނަވަސްކަމެއް އުފެދިފައި ވަނިކޮށް، އޭނާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރެއްވުމަށްފަހު އެވެ. އަދި އެ ސްކޫލް ދާދި ފަހަކާ ހަމައަށް ހިންގުން ހަވާލުކުރައްވާފައި ވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދުއާއެވެ.

ތައުލީމީ ދާއިރާގައި 12 އަހަރު ހޭދަކުރައްވާފައިވާއިރު، މަމްދޫހު ވަނީ އުފަންރަށް ށ. ކޮމަންޑޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *