ޢުލްޔާއާއި މިރާލްއަށް ފެތުމުގެ ޤައުމީ ހަތަރު ރެކޯޑެއް

ޢާއިޝަތު ޢުލްޔާ ޝާއިޤާއި މިރާލް ޢައިން ލަތީފު އާ ކޮށްފިއެވެ.

އުލްޔާ ޤައުމީ ރެކޯރޑް އާ ކުރީ،  އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބަޓަރފްލައި އަދި 50 މީޓަރ ފްރީސްޓައިލް އިވެންޓުންނެވެ. އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 ގައި ޢުލްޔާ 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައިވަނީ 00:31.76 އިންނެވެ. އަދި، 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 00:28.81 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެތެރެއިން 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި 00:29.81 އިން ރޭސްނިންމައިގެން އާމިނަތު ޝަޖަން އެވެ. އަދި 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިރާލް ޢައިން ލަތީފްއެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު ޓައުޓަން ޑީން، މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރގައި 00:32.56 އިން ރޭސް ނިންމައިގެންނެވެ.

މިރާލް ޤައުމީ ރެކޯރޑް އާ ކުރީ، އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބަޓަރފްލައި އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުންނެވެ. ޔޫކޭ ގައި ކުރިއަށްދިޔަ ރަޝްމޫރ ރޯޔަލްސް ސަމަރ (އެލް2) ޝޯރޓްކޯސް އޯޕަން މީޓް 2024 ގައި މިރާލް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައިވަނީ 01:13.94 އިންނެވެ. އަދި، 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 02:45.14 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި2 އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް މިރާލް އެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު ޓައުޓަން ޑީން، މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރގައި 01:14.76 އިން 100 މީޓަރ ބަޓަރފްލައި އިވެންޓު އަދި،، 02:48.74 އިން 200 މީޓަރ އިންޑިވިޑުއަލް މެޑްލޭ އިވެންޓު ފުރިހަމަކޮށްގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *