ކަލިނަރީ އާޓްސްއަށް ވިލާ ކޮލެޖުން އަޅައި މި ދިނީ ބިންގަލެއް

ދިވެހިރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ފަތުރުވެރި ކަމުގެ ޞިނާއަތަށް ކުރިމަތި ވެފައިވާ އެއް ގޮންޖެހުމަކީ ކަލްނަރީ އާރޓްސް ދާއިރާ ގައި ދިވެހީންނަށް ވަޒީފާ ފުރުސަތު ހަނިވުމެވެ. މި ދާއިރާއަށް ޝައުޤުވެރިވާ، މިދާއިރާއިން ކުރިއަށްދާން ބޭނުންވާ، ގިނަ ބޭފުޅުންތަކެއް ތިބިއިރު، އެބޭފުޅުންނަށް މިދާއިރާއިން ކުރިއަށް ދިއުމަށް ހުރަހަކަށް ވެފައިވަނީ، މަދުރަސީ ތަޢުލީމުގެ ތެރެއިން ތަޢުލީމީ ސެޓްފިކެޓެއް ނެތުމެވެ.

ޖީސީއީ އޭލެވަލް ނުވަތަ އޯލެވަލްއިން ރަގަޅު ނަތީޖާއެއް ނެތް ފަރާތަކަށް ވިލާ ކޮލެޖުން ދަނީ ހައްލު ހޯދައި ދެމުންނެވެ. ވިލާ ކޮލެޖްއިން އޭޕްރީލް މަހު ތައާރަޕް ކުރި ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސްގެ ސަބަބުން އެފަދަ ފަރާތްތަކަށް ކުރިއަށް ދިއުމަށް އަޅައި ދިނީ ބިންގަލެކެވެ. މި ޕްރޮގްރާމް އަކީ ކަލްނަރީ ދާއިރާ އަށް އަލަން ވަނުމައް ޝައުރުވެރިވާ ފަރާތް ތަކަށް ހުޅުވިގެން ދިޔަ އާ ދޮރެކެވެ. ހަމަ އެންމެ 6 މަސްދުވަސް ތެރޭ ފުރިހަމަ ކުރެވޭނެ މިކޯހަކީ ގްރޭޑް 7 ނިންމާފައި ތިއްބެވި ކޮންމެ ދަރިވަރަކަށް ބައިވެރިވެވޭނެ ޕްރޮގްރާމެކެވެ. ސެޓްފިކެޓް ލެވަލް 3 އިން ކަލިނަރީ އާޓްސް ފުރިހަމަ ކުރުމަށްފަހު އެ ދާއިރާއިން އެއް އަހަރުގެ ފައުންޑޭޝަން ކޯހެއް ހެދުމުގެ ފުރުސަތު ލިބެއެވެ. އަދި އެސެޓްފިކެޓާއެކު އެ ދާއިރާއިން، ވިލާ ކޮލެޖް އިން ހިންގާ މެލޭޝިޔާގެ ޔުނިވާސިޓީ ކަމައްވާ ޓެއިލާސް ޔުނިވާސިޓީގެ ބެޗްލަރ އޮފް ކަލިނަރީ މެނޭޖްމަންޓް (އޮނަރސް) ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ޕްރޮގުރާމް ފަރުމާކުރެވިފައި މިވަނީ ކްލާސްރޫމުގެ ކިޔަވައިދިނުމުގެ ތެރެއިން ލިބިގެންދާ މުހިންމު މަޢުލޫމާތުގެ އިތުރުން ކަލްނަރީ އާރޓްސް  ޕްރޮގްރާމް ގެ މޮޑިއުލްތައް ކިޔަވައިދިނުމަށް ޙާއްސަ ކުރެވިފައިވާ މާޙައުލުގެ ތެރެއިން ޢަމަލީ ތަޖުރިބާ ވެސް ލިބޭ ތަކަށެވެ. އަދި، އެ ކޯހުގައި ކިޔަވައިދޭނީ ކަލިނަރީ އާޓްސް ދާއިރާއިން އެންމެ ތަޖުރިބާކާރު، ޢިލްމުވެރި ލެކްޗަރާއިންނެވެ. ރާއްޖޭގެ ވަޒީފާ ބާޒާރުގެ ޑިމާންޑްތަކަށް ބަލައިގެން ފަރުމާކުރެވިފައިވާ އެ ކޯހުސް  ފުރިހަމަކުރާ ދަރިވަރުންނަން ދަސްވެގެންދާނެ މުހިންމު ކަންތައްތަކަށް ބަލާއިރު:

  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަން
  • ރައްކާތެރިކަމާ ތާޒާކަމާއެކު ކާބޯތަކެތި ތައްޔާރުކުރާނެގޮތް
  • ތަފާތު މުޖުތަމައުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާގޮތަށް، އެކިބާވަތްބާވަތުގެ ކާބޯތަކެތި، ތައްޔާރުކުރުން
  • ކެއްކުމުގެ ތަފާތު އުކުޅުތައް
  • މީހުން ގަޔާވާގޮތަށް ކާބޯތަކެތި ތައްޔާރުކޮށް އެ ޚިދުމަތް ފޯރުކޮށްދިނުން.

ވިލާ ކޮލެޖްގެ މި ޕްރޮގްރާމްގެ (ސެޓްފިކެޓް ލެވަލް 3ގެ ކަލްނަރީ އާރޓްސް) ސަބަބުން ރާއްޖޭގެ ފަތުވެރިކަމުގެ ޞިނާއަތަށް ފައިދާތަކެއް ކުރާނެ އަދި އެ ދާއިރާއިން އިތުރު ދިވެހީންނަށް ވަޒީފާތަކެއް ލިބުމަށް މަގުފަހިވެގެން ދާނެކަން ޔަގީނެވެ. މިއީ ވިލާ ކޮލެކުން ދުރު މުސްތަޤުބަލަށް އަމާޒުކޮށްގެން އެޅި ބިންގަލެކެވެ. ބޭނުމަކީ ކަލިނަރީ އާޓްސްގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ދިވެހި ޒުވާނުން ނެރުމެވެ. ފުރުޞަތު ފަހިކޮށް ދީގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *