އެމްއެންޔޫއެސްޔޫގެ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: ޗެމްޕިއަންކަން ބިޒްނަސް ސްކޫލާއި ސްކޫލް އޮފް ނާސިންގއަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ފަރާތުން ބޭއްވި އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން އެމްއެންޔޫ ބިޒްނަސް ސްކޫލުން، އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ސްކޫލް އޮފް ނާސިންގއިން ހޯދައިފިއެވެ.

ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ބިޒްނަސް ސްކޫލުން ހޯދީ ފެކަލްޓީ އޮފް އެޑިޔުކޭޝަންއާ ވާދަކޮށް 1-3 ސެޓުންނެވެ. ފުރަތަމަ ސެޓް 25-18ން ބިޒްނަސް ސްކޫލުން ގެންދިއުމުން ދެވަނަ ސެޓް ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު 27-29ންނެވެ. ބިޒްނަސް ސްކޫލުން ތަށި ގެންދިޔައީ ފުރަތަމަ ސެޓް އެއްވަރުވެފައި ވަނިކޮށް ފަހުން ދެ ސެޓް ހޯދައިގެންނެވެ. ފަހު ދެ ސެޓް ބިޒްނަސް ސްކޫލުން ގެންދިޔައީ  25 – 22 ނާއި 25 – 19 އިންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ބިޒްނަސް ސްކޫލްގެ ކެޕްޓަން، ޖާޒީ ނަންބަރު 11 އަހުމަދް އިޝާންއެވެ.

އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން ސްކޫލް އޮފް ނާސިންގ އިން ހޯދުމުން އެ ފެކަލްޓީއަށް ތަށި މިލްކްވީއެވެ. ފައިލަނުގައި އެޓީމު ވާދަކުރީ ބިޒްނަސް ސްކޫލާއެވެ. ނާސިންގ ސްކޫލުން ތަށި ހޯދީ 2-3 ސެޓުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ނާސިންގ ސްކޫލުގެ ކެޕްޓަން ޖާޒީ ނަމްބަރ 05 މަރިޔަމް ޝަހާއެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ހޮވުނީ ވެސް މި ދެ ކުޅުންތެރިންނެވެ. މި ދެޓީމުވެ ސް ފައިނަލަށް ދިޔައީ ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *