އިމާދުއްދީނުގެ އައުޓްޑޯ ލައިބްރަރީ ހުޅުވައިފި

އިމާދުއްދީނުގެ އައުޓްޑޯ ލައިބްރަރީ މިއަދު ހުޅުވައިފިއެވެ. މި ލައިބްރަރީ ހުޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

އިމާދުއްދީނުން ވަނީ އެ ސްކޫލް ފެހިކުރުމުގެ ގޮތުން ގޯތި ތެރެއަށްވެސް ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. މިކަމުގައިވެސް ބެލެނިވެރިންނާއި ސްކޫލްގެ މެނޭޖްމަންޓުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އައުޓްޑޯ ލައިބްރަރީ ހަދާފައިވަނީ އެއްފަހަރާ 32 ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް ކުދިން ކުދިންނަށް ފޮތް ކިޔާހިތްވާ ކަހަލަ މާހައުލެއްގައެވެ. އެތަނުގައި ވަނީ ކުދިން އިށީންނަށް އުދޯންޏާއި ޖޯލިވެސް ބަހައްޓާފައެވެ.

ލައިބްރަރީ ހުޅުއްވައި ދެއްވުމަށްފަހު، މިނިސްޓަރު ވިދާޅުވީ ފޮތުގެ ތެރެއިން ހިޔާލީ ދުނިޔެއަކަށް ދަރިވަރުންނަށް ދެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންގެ ސިކުނޑި ހުޅުވެ ދުނިޔެއަށް ލޯ ހުޅުވިގެންދާނެ ކަމަށެވެ. އަދި އެކަމަނާ ވަނީ ހުރިހާ ސްކޫލެއްގައިވެސް ލައިބްރަރީ އުފެއްދުމަށް އެދިވަޑައިގަންނަވާފައެވެ.
ރަށްރަށުގެ ސްކޫލްތަކުގައިވެސް މިފަދަ ލައިބްރަރީތައް އަންނަނީ ގާއިމް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *