ދ. ބަނޑިދޫ ކައުންސިލުން އެރަށު ކުޑަކުދިންނަށް ބަގީޗާއެއް ހުޅުވައިފިއެވެ.
" ބަނޑިދޫ ކުޑަކުދިންގެ ބަގީޗާ" ރަސްމީކޮށް ހުޅުވައިދެއްވީ ސެންޓްރަލް އޭރިއާ ޕޮލިސް ޑިވިޒަން ކޮމާންޓަރު މަރިޔަމް އަޒުމާއެވެ.
މި ބަގީޗާ ތަރައްގީކޮށްފައި ވަނީ ބަނޑިދޫރައްޔިތުންގެ އާމްދަނީއާއި ހެޔޮއެދޭ ފަރާތްތަކެއްގެ އެހީތެރިކަމާ އެކުގައި ކަމަށް ބަނޑިދޫ ކައުންސިލުން ބުނެއެވެ.
މި ބަގީޗާގައި ކުޅިވަރު ކުޅޭނެ ޚާއްޞަ ތަންތަން ވަނީ ޚާއްޞަކޮށްފައެވެ. އޭގެ ތެރޭގައި އެކިފުރައިގެ ކުދިންނަށް ޚާއްޞަކޮށްގެން ހަދާފައިވާ ތަންތަން ހިމެނެއެވެ.





advertisment
ހިޔާލު