ޒީކް މިފަހަރު މުގުރާލީ 800 މީޓަރު ދުވުމުން ޖޫނިއަރ ރެކޯޑް

ނިމިގެން ދިޔަ އެތްލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 800 މީޓަރު ދުވުމުން ނެޝަނަލް ޔޫނިއަރ ރެކޯޑް ޒީކް އަޝްރަފު އަޝީދު މުގުރާލައިފިއެވެ. އެތްލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޒީކް ދުވީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުންނެވެ. ޒީކް ކިޔަވަމުން ދަނީ  އިސްކަންދަރު ސްކޫލުގެ ގުރޭޑް ނުވައެއްގައެވެ.

800 މީޓަރު ދުވުމުގެ ނެޝަނަލް ޖޫނިއަރ ރެކޯޑް ޒީކް މުގުރާލީ 2:29.52 މިނެޓުންނެވެ. މީގެ ކުރިން މި ރެކޯޑް އޮތީ އައިޝަތު ރީޝާގެ އަތުގައެވެ. ރީޝާ، އެ ރެކޯޑް ހެދީ، 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15ގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި، 2:30.14 މިނެޓުން 800 މީޓަރަށް ދުވެގެންނެވެ.

ޒީކް ވަނީ 1500 މީޓަރު ދުވުމުން ވެސް ނެޝަނަލް ޔޫތް ރެކޯޑް މުގުރާލަފައެވެ. އެކަމަކު އެތްލެޓިކްސް އެސޯސިއޭޝަނުން އަދި އެކަން އިއުލާނެއް ނުކުރެއެވެ.

އައްޑޫގައި ނިމިގެން ދިޔަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ވެސް ޒީކް ވަނީ 17 އަހަރުން ދަށުގެ 800 އާއި 1500 މީޓަރު ދުވުމުން ރަންމެޑަލް ހޯދާ މި ދެ ކެޓަގަރީން މީޓް ރެކޯޑް ހޯދާފައެވެ.

އައްޑޫ ސިޓީގައި ނިމިގެން ދިޔަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި އިސްކަންދަރު ސްކޫލުން ބައިވެރިވި ހަމައެކަނި ދަރިވަރު، ޒީކް އަޝްރަފު އަޝީދު ބޮޑު ކާމިޔާބެއް ހޯދައިފިއެވެ. މިއީ އޭނާ މި މިބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ޒީކް ވަނީ، މިޑް ޑިސްޓެންސް ދުވުމުގައި ބައިވެރިވެ 17 އަހަރުން ދަށުގެ 800 މީޓަރަކާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި މި ދެ ކެޓަގަރީން މިޓް ރެކޯޑް ވެސް އޭނާ ހޯދިއެވެ.

އެތްލެޓިކްސްއަށް މީގެ ދޮޅު އަހަރު ކުރިން ނުކުތް އައްޑޫއަށް އުފަން ޒީކް ބޭނުންވީ ޤައުމީ ރެކޯޑެއް ހަދާށެވެ.

" ބޭނުންވީ ނެޝަނަލް ޔޫތް ރެކޯޑެއް ހަދަން" އެކްސްޕްރެސް ނޫހާ ވާހަކަ ދައްކަމުން ޒީކް ބުނެފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *