ސޮކަރ ވެޓްރެންސް އެސޯސިއޭޝަނުން ބޭއްވި ފުޓްބޯޅަ ފިއެސްޓަރެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލާއި ހުޅުމާލޭގައި ހުންނަ ރެހެންދި ސްކުލުން ހޯދައިފިއެވެ.

ގުރޭޑް އެކެއް އަދި ދޭއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފުޓްބޯޅަ މި ހަރަކާތުގައި ގުރޭޑް 2ގެ ޗެމްޕިއަނުންނަކީ ރެހެންދި ސްކޫލެވެ. ގުރޭޑް އެކެއްގެ ޗެމްޕިއަނުންނަކީ ޖަމާލުއްދީން ސޫލެވެ. ރެހެންދި ސްކޫލުން ތަށި ހޯދީ ފައިނަލުގައި ޞަލާޙުއްދީން ސްކޫލާ ވާދަކޮށް 0-1 ގެ ތަފާތަކުން މޮޅުވެގެންނެވެ. ޖަމާލުއްދީން ސްކޫލުން ތަށި ހޯދީ ފައިނަލުގައި ކަލާފާނު ސްކޫލާ ވާދަކޮށް 0-1ގެ ތަފާތަކުންނެވެ.

ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ފުޓްބޯޅަ ފިއެސްޓަރގައި ގިނަ އަދަދެއްގެ ސްކޫލްތަކުން ބައިވެރިވެއެވެ.
advertisment
ހިޔާލު