އިސްކަންދަރުން އެކަނި ނުކުމެ ޒީކް ހޯދީ ދެ ރަން މެޑަލާއި ދެ މީޓް ރެކޯޑް

ފުރަތަމަ ފަހަރަށް ބައިވެރިވެ އެތްލެޓިސްގައި ޒީކް ހޯދީ ބޮޑު ކާމިޔާބެއް- ފޮޓޯ: އެކްސްޕްރެސް ނިވްސް

އައްޑޫ ސިޓީގައި ނިމިގެން ދިޔަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި އިސްކަންދަރު ސްކޫލުން ބައިވެރިވި ހަމައެކަނި ދަރިވަރު، ޒީކް އަޝްރަފު އަޝީދު ބޮޑު ކާމިޔާބެއް ހޯދައިފިއެވެ. މިއީ އޭނާ މި މިބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ޒީކް ވަނީ، މިޑް ޑިސްޓެންސް ދުވުމުގައި ބައިވެރިވެ 17 އަހަރުން ދަށުގެ 800 މީޓަރަކާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި މި ދެ ކެޓަގަރީން މިޓް ރެކޯޑް ވެސް އޭނާ ހޯދިއެވެ.

އެތްލެޓިކްސްއަށް މީގެ ދޮޅު އަހަރު ކުރިން ނުކުތް އައްޑޫއަށް އުފަން ޒީކް ބޭނުންވީ ޤައުމީ ރެކޯޑެއް ހަދާށެވެ.

" ބޭނުންވީ ނެޝަނަލް ޔޫތް ރެކޯޑެއް ހަދަން" އެކްސްޕްރެސް ނޫހާ ވާހަކަ ދައްކަމުން ޒީކް ބުނެފައިވެއެވެ.

ޒީކް ކިޔަވަމުން ދަނީ އިސްކަންދަރު ސްކޫލުގެ ގުރޭޑް ނުވައެއްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *