ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރަތުގެ ސެމީގައި ކުޅެނީ ލ. އަތޮޅު މަދަރުސާއާއި ޙަމަދު ސްކޫލް، ލ. އޭއީސީއާއި މާމެންދޫ ސްކޫލެވެ.
މިއަދާއި މިރޭ ކުޅުނު ކުއާޓަރ ފައިނަލުގެ ހަތަރު މެޗްގެ ތެރެއިން ފުރަތަމަ މެޗުން މޮޅުވެގެން ސެމީއަށް ދިޔައީ ލ. އަތޮޅު މަދަރުސާއެވެ. އެ ސްކޫލާ ވާދަކުރީ މާވަށު ސްކޫލާއެވެ. ލ. އަތޮޅު މަދަރުސާއިން މި މެޗް ކާމިޔާބު ކުރީ 03-17 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ލ. އަތޮޅު މަދަރުސާގެ ޖޯޒީ ނަމްބަރު 7 އާމިނަތު މާނާ ނާޒިމެވެ.

ކުއާޓަރގެ ދެ ވަނަ މެޗްގައި ޙަމަދު ސްކޫލުން ވާދަ ކުރީ އިހައްދޫ ސްކޫލާއެވެ. 08-24 ގެ ބޮޑު ތަފާތަކުން ޙަމަދު ސްކޫލް ކާމިޔާބު ކުރި މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އެޓީމުގެ ޖޯޒީ ނަމްބަރު 17 ތޫބާ ބިންތި އަޙްމަދެވެ. ތިން މެޗް ލ. އޭއީސީ ގެންދިޔައީ 05-26ގެ ބޮޑު ތަފާތަކުން ކަލައިދޫ ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ލ. އޭއީސީގެ ޖޯޒީ ނަމްބަރު،9 އާމިނަތު އަޝާއެވެ. ހަތަރުވަނަ މިޗްގައި، މިރޭ މާމެންދޫ ސްކޫލުން ސެމީގެ ޖާގައެއް ކަށަވަރު ކުރީ ހަނި ފުރުޞަތެއްގައެވެ. ކުނަހަންދޫ ސްކޫލުގެ މައްޗަށް މާމެންދޫ ސްކޫލަށް ކުރި ހޯދުނީ ވާދަވެރި ކުޅުމަކަށްފަހު، 10-10ން އެއްވަރުވެފައި ވަނިކޮށް މެޗް ނިމެން މަދު ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް، މާމެންދޫގެ ޖޯޒީ ނަމްބަރު 13

ޖެހި ގޯލުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކުނަހަންދޫ ސްކޫލުގެ ޖޯޒީ ނަމްބަރު 7 ހައްވާ އިބާއެވެ.
ސެމީ ފައިނަލް މެޗްތައް ކުޅޭނީ މާދަމާ ރޭ ގައެވެ.
advertisment
ހިޔާލު