މާލެ ސިޓީގެ ސްކޫލުތައް އިތުރު ދެ ހަފްތާއަށް ބަންދު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމަވައިފިއެވެ.
ކޯވިޑް19 ގެ ހާލަތަށް ރިޢާޔަތްކޮށް، އެޗް.ޕީ.އޭ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތައް (6 ސެޕްޓެމްބަރ 2020 އިން 17 ސެޕްޓެމްބަރު 2020 އަށް) ކުރިއަށްއޮތް 2 ހަފްތާގައިވެސް ބަންދުކުރުމަށް ނިންމާފައިވާ ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަނުން ބުނީ ސްކޫލުތައް ބަންދުކުރި ވީނަމަވެސް ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އިތުރު ދެ ހަފްތާއަށް ފަހުގައި އަނެއްކާވެސް މިނިންމުން މުރާޖައާ ކުރާނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން ސްކޫލްތައް ހުޅުވީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށްފަހު މާލެ ހިމެނޭ ސަރަހައްދުގައި ގުރޭޑް 9ން މަތީގެ ދަރިވަރުންނަށް ކިޔަވައިދެމުން ދަނިކޮށް މާލެގައި ކޮވިޑް ފެތުރުން އިތުރުވުމާ ގުޅިގެން ކިޔެވުން ވަނީ މެދުކަނޑާލާފައެވެ.
ސްކޫލަށް ގެންގޮސްގެން ކިޔަވައިދެމުން ގެންދަނީ ގުރޭޑް 11 ންމަތީގެ ދަރިވަރުންނަށެވެ.
advertisment
ހިޔާލު