އަންނަ އާދީއްތަ ދުވަހު ފަށާ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ބައިވެރިވާ ސްކޫލްތަކުގެ އެތްލީޓުން އައްޑޫ ސިޓީއަށް ދާން ފަށައިފިއެވެ. މުބާރާތުގައި ބައިވެރިވާން ދިޔަ އެތްލީޓުންނަށް ހޫނު މަރުޙަބާއެއް އައްޑޫ ސިޓީން ދަނީ ކިޔަމުންނެވެ.
ފެބުރުއަރީ 11ން 16 އަށް ކުރިއަށް ދާ މި މުބާރާތުގައި 37 ސްކޫލަކުން ވާދަ ކުރަން ނިންމި ނަމަވެސް މުބާރާތުގައި ބައިވެރިވެފައި ވަނީ 31 ސްކޫލަކުންނެވެ. މި މުބާރާތުގައި 2،047 އެތްލީޓުން ބައިވެރިވެއެވެ. އައްޑޫއިން އެކަނި ވެސް މި މުބާރާތުގައި ދިހަ ސްކޫލަކުން 500 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވެއެވެ.

އެންމެ ގިނަ އެތްލީޓުން ބައިވެރިވެފައި ވަނީ އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުންނެވެ. އެ ސްކޫލުން 83 އެތްލީޓުން ބައިވެރިވެއެވެ. މާލޭގެ އަށް ސްކޫލަކުން ބައިވެރިވެފައި ވަނީ 32 އެތްލީޓުންނެވެ.

މިދިޔަ އަހަރުގެ މުބާރާތް އޮތީ ފުވައްމުލައް ސިޓީގައެވެ. އެ މުބާރާތުގައި 33 ސްކޫލަކުން 809 އެތްލީޓުން ވާދަ ކުރިއެވެ. 108 އިވެންޓު ކުރިއަށް ގެންދިޔަ އެ މުބާރާތުގައި 20 މީޓު ރިކޯޑުގެ އިތުރުން ގައުމީ ރެކޯޑެއް ވެސް އެތުލީޓުން ވަނީ ހަދާފައެވެ. އެ ފަހަރު އެންމެ ކާމިޔާބު ސްކޫލަކީ ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.
advertisment
ހިޔާލު