ލާމަސީލުލާމު އިންޓަރ- ސްކޫލް ހޭންޑްބޯޅަ މުބާރާތް އިއްޔެ ހަވީރު ފަށައިފިއެވެ. ދިހަ ސްކޫލަކުން މި މުބާރާތުގައި ވާދަ ކުރެއެވެ. މުބާރާތް ހުޅުވި މެޗްގައި އިއްޔެ ހަވީރު ކުޅުނީ ލ. އަތޮޅު މަދަރުސާއާއި ދަނބިދޫ ސްކޫލެވެ. މި މެޗް ފަސޭހަ ކަމާއެކު ބޮޑު ތަފާތަކުން ލ. އަތޮޅު މަދަރުސާ މޮޅުވީ 2-13 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ލ. އަތޮޅު މަދަރުސާގެ ކެޕްޓަން ޖޯޒި ނަމްބަރު 11 އާމިނަތު މާނާ ނާޒިމެވެ.
ދެވަނަ މެޗްގައި އިހައްދޫ ސްކޫލާ ކުޅެ ކުނަހަންދޫ ސްކޫލް މޮޅުވީ 6-14 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކުނަހަންދޫ ސްކޫލުގެ ޖޯޒީ ނަމްބަރު 25 މަރިޔަމް ލުޔޫނާއެވެ.
ތިން ވަނަ މެޗްގައި ރޭ މާމެންދޫ ސްކޫލާ ވާދަކޮށް ޙަމަދު ސްކޫލް މޮޅުވީ 6-14 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޙަމަދު ސްކޫލުގެ ޖޯޒީ ނަމްބަރު 10 އައިޝަތު ލިވާ އިބްރާހިމެވެ.
ހަތަރު ވަނަ މެޗްގައި ރޭ ލ. އޭއީސީއާއި މާވަށު ސްކޫލް ބައްދަލުކުރި މެޗް ލ. އޭއީސީ ކާމިޔާބު ކުރި 1-18ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ލ. އޭއީސީގެ އަލްވާ އާދިލެވެ.
މި މުބާރާތުގެ މެޗްތައް މިއަދާއި މިރޭ ވެސް ކުޅޭނެއެވެ.
advertisment
ހިޔާލު