އަންނަ ފެބުރުވަރީގައި ބާއްވާ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި 37 ސްކޫލެއް

އައްޑޫ ހައި ސްކޫލްގެ އައިޝަތު ޝައިމް އަޒީޒު: އުސްފުންމުމުގައި ދެވަނައެއް ނެތް މި ހުނަރުވެރި ދަރިވަރު ވަނީ 27 އަހަރުވީ ޤައުމީ ރެކޯޑް މުގުރާލާފައި- ފޮޓޯ: އައްޑޫ ހައި ސްކޫލް

އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް އަންނަ ފެބުރުވަރީ މަހު އައްޑޫ ސިޓީގައި ބާއްވަން އެތްލެޓިކްސް އެސޯސިއޭޝަނުން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ، އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ 11ން 16 އަށް ބާއްވާ މުބާރާތުގައި، ރާއްޖޭގެ އުތުރާއި ދެކުނުން 37 ސްކޫލުން ބައިވެރިވާން އެދިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތް އޮތީ ފުވައްމުލައް ސިޓީގައެވެ. އެ މުބާރާތުގައި 33 ސްކޫލަކުން 809 އެތްލީޓުން ވާދަ ކުރިއެވެ. 108 އިވެންޓު ކުރިއަށް އެ މުބާރާތުގައި 20 މީޓު ރިކޯޑެ އިތުރުން ގައުމީ ރެކޯޑެއް ވެސް އެތުލީޓުން ވަނީ ހަދާފައެވެ. އެ ފަހަރު އެންމެ ކާމިޔާބު ޗެމްޕިއަން ސްކޫލަކީ ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *