ކޮވިޑް19އާ ގުޅިގެން ޤުރުޢާން ކުލާސްތަކާއި ޕްރީސްކޫލުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގުރުއާން ކްލާސްތކާއި އަމިއްލަ ޕްރީސްކޫލުތަކަށް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީވުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެހީތެރިކަން ފޯރުކޮށްދޭނީ އެ މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްގެން ހިންގާގުރުއާން ކްލާސްތަކަށާއި، އަމިއްލަ ޕްރީ ސްކޫލުތައް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށެވެ.
އެހީތެރިކަން ފޯރުކޮށް ދޭން ނިންމާގައި ވަނީ ޤުރުޢާން ކުލާސްތަކަށް އެހީގެގޮތުގައި ކަނޑައަޅާފައި ވަނީ ފަސްލައްކަ ރުފިޔާ އަދި ޕްރީސްކޫލްތަަކަށް އެއް މިލިއަން ރުފިޔާއެވެ.
އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ އުޞޫލުގައި ބުނެފައިވާ ގޮތުން އެހީ ފޯރުކޮށްދޭ ޕްރީ ސްކޫލަކީ އެޑިއުކޭޝަން މިނިސްޓްރީގެ މީމިސްގައި ރަޖިސްޓްރީވެ، ދަރިވަރުންވެސް އެ ސިސްޓަމުގައި ރެޖިސްޓްރީކޮށްފައިވާ ސްކޫލަކަށް ވާންޖެހެއެވެ. އަދި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައިވުމާއި، ޕެންޝަން އޮފީހުގައި ރަޖިސްޓްރީވެފައިވާ ސްކޫލަކަށް ވާންޖެހޭ ކަމަށްވެސް އެ އުޞޫލުގައި ބުނެފައިވެއެވެ.
ޤުރުޢާން ކުލާސްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނީ ނިމިގެން ދިޔައަހަރުގެ އަހަރީ ރިޕޯޓް އެ މިނިސްޓްރީއަށް ހުށަހަޅާފައި އޮންނަންޖެހެއެވެ. އަދި ރަށުކައުންސިލުން، އެ ކްލާހަށް ހާޒިރުވާ ދަރިވަރުންގެ މައުލޫމާތުއެކުލެވޭ ލިސްޓެއް ކައުންސިލްގެ ތައްގަނޑު ޖަހައި ކައުންސިލްގެ ރައީސްގެ ސޮޔާޢެކު ފޮނުވަން ޖެހެއެވެ.
އެހީއަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
advertisment
ހިޔާލު