އިސްކަންދަރު ސްކޫލްގެ ކުދިންނަށް ބޭނުންވާ ފޭސްމާސްކާއި ތަމޯމީޓަރު ޕީޓީއޭގެ ފަރާތުން ފޯރުކޮށްދީފި

އިސްކަންދަރު ސްކޫލްގެ ކުދިންނަށް ބޭނުންވާ ފޭސްމާސްކާއި ތަމޯމީޓަރު ޕީޓީއޭގެ ފަރާތުން ފޯރުކޮށްދީފިއެވެ.

ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި ހުރުމަށްފަހު އަންނަ ބުދަ ދުވަހު ހުޅުވާއިރު، އެ ސްކޫލްގެ ޕީޓީގެ ފަރާތުން ސަޕްރައިޒް ގިފްޓެއްގެ ގޮތުގައި ހުރިހާ ކުދިންނަށް ފޭސްމާސްކާއި އެކުދިންގެ ހުން ބަލަން ބޭނުންވާ ތަމޯމީޓަރު ވަނީ ހަދިޔާކޮށްފައެވެ.

ހަދިޔާކުރި މާސްކުގެ އަދަދު ބުނެފައި ނުވާއިރު، ހުންބަލަން ބޭނުންވާ 15 ތަމޯމީޓަރު ޕީޓީއޭއިން ހަދިޔާކޮށްފައިވާ ކަމަށް އިސްކަންދަރު ސްކޫލުން ވަނީ ބުނެފައެވެ. އަދި އެތަކެތި ފޯރުކޮށްދީފައިވާތީ ސްކޫލްގެ މެނޭޖްމަންޓުން ވަނީ ޕީޓީއޭއަށް ޝުކުރުއަދާކޮށްފައެވެ.

އައު ޢާންމު ޙާލަތުގައި ކިޔަވައި ދިނުމާ ގުޅޭގޮތުން ގުރޭޑް 9 އަދި 10ގެ މުދައްރިސުންނަށް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ގައިދުރުކުރުމުގެ ކުރުމާއެކު ބޭއްވި މި ބައްދަލުވުން އޮތީ އެ ސްކޫލްގެ ހޯލްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *