ދަރިވަރުންނަށް ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން " ޓެލީއާއެކު ކޮއްކޮމެން" ގެ ނަމުގައި އާ އެނިމޭޓެޑް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
"ޓެލީއާއެކު ކޮއްކޮމެން' މިޕްރޮގުރާމަކީ ޔުނިސެފް ގެ އެހީތެރިކަމާއި އެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ފަރާތުން ފުރަބަންދުގެ ހާލަތުގައި ކުދިން ގޭގައި ތިބޭއިރު ކުދިންގެ ދުވަހުގެ ތެރޭގައި، ސްކޫލް މާހައުލްގެ ތެރެއިން ދަރިވަރުންއ ދަސްކުރާ، ލިޔަން ކިއުމަށް ބޭނުންވާ ބައެއް މުހިއްމު ހުނަރާއި މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ތައްޔާރު ކުރެވޭ ޕްރޮގުރާމްއެކެވެ. މިއާއެކު މަންހަޖުގައި ހިމެނޭ ބައެއް އަގުތަކާ ސިފަތަކާ އަދި ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ބައެއް ކަންކަމުގެ މައުލޫމާތު ލިބިގެން ދާނެއެވެ.
މި ޕްރޮގްރާމް ދައްކާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ މެންދުރު ދެގަޑި ފަނަރައިން ދެގަޑި ސާޅީސްފަހަކަށެވެ.
މިޕްރޮގުރާމް އެކުލެވިގެންވާނީ 20މިނިޓްގެ، 15 އެޕިސޯރޑް ގެ މައްޗަށެވެ. މިގޮތުން ލިޔަން ކިޔުމަށް އިސްކަން ދީގެން ހިމަނާލާ
ފައިވާނީ، ދިވެހި، އިގިރޭސި، އަރަބި އަކުރު އަދި ހިސާބު މާއްދާ އެވެ. ކޮންމެ އެޕިސޯރޑް އެއް އެކުލެވިގެންވާނީ 4 ސެގްމެންޓްއަށެވެ. ދެ މާއްދާ، އަގުތަކާ ސިފަ (ވެލިއުސް) އަދި ކޮވިޑް ގެ މަޢުލޫމާތުގެ މައްޗަށެވެ.
ޓިވީ މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދިނުމަށް ހިންގާ ޕްރޮގްރާމް "ޓެލިކިލާސް"ގެ ފައުންޑޭޝަން ސްޓޭޖަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ "ކޮއްކޮމެންގެ ޓެލިކިލާސް" ދައްކާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ. މީގެ ކުރިން ކޮއްކޮމެންގެ ޓެލިކިލާސް ދައްކަނީ ހަވީރުގެ ވަގުތު ތަކުގައެވެ. އެހެން ނަމަވެސް މިހާރު އެ ކުލާސްތައް ދައްކާނީ މެންދުރުފަހު 2.15އިން 3.15އާ ދެމެދުގައެވެ. 'ކޮއްކޮމެންގެ ޓެލިކިލާސް" ދައްކާ ގަޑި ތަކަށް ބަދަލު ގެނައީ މިހާރު އެ ގަޑިތައް، ފުރަބަންދުގެ ލުޔާއެކު ކުޑަކުދިން ބޭރަށް ނުކުތުމަށް ހަމަޖައްސާފައިވާ ގަޑިއާ ދިމާވާތީ، ދަރިވަރުން ބޭރަށް ނުކުމެލާ އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ބޭނުމުގައެވެ.
advertisment
ހިޔާލު