ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަން ތައްުޔާރުވާން ފަށައިިފި

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ހުނަރު ދަސްކޮށް ދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދަރިވަރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނެޝަނަލް އިންސްޓިއުޓް ފޯ އެޑިއުކޭޝަން ހިންގުމާ ހަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޫލްތަކުގައި ކުރިން ކުރިއަށް ގެންދިޔަ ހުނަރު ޕްރޮގްރާމުގެ ބަދަލުގައި އަލަށް ފަށާ ޕްރޮގްރާމް ކުރިއަށް ގެންދަނީ ހުރިހާ ކުދިންނަށް އަމާޒުކޮށްގެން ކަމަށެވެ. އޭގެ ބޭނުމަކީ ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ހުނަރުވެރި ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުމެވެ.

ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ހުނަރު ޕްރޮގްރާމަށް ބޭނުންވާ މުގައްރަރު އެކުލަވާލުމަށް ޔުނިސެފްގެ ކޮންސަލްޓެންޓެއްގެ އެހީގައި ކޮންސެޕްޓް އެކުލަވާލައި، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
" ހުރިހާ ފަރާތްތަކެއްގެ ޙިޔާލާއި މަޝްވަރާ ހިމަނައިގެން މުގައްރަރަކާ ހަމައަށް އަޅުގަނޑުމެން ދާނީ. އޭގެ ތެރޭގައި ސްކޫލްތަކާއި ބެލެނިވެރިންނާއި ދަރިވަރުން ހިމެނޭ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުނަރު ދަސްކޮށްދޭންވީ ވަކި ކުއްޖަކަށް ނޫން ކަމަށާއި، ހުރިހާ ދަރިވަރުންނަށްވެސް ހުނަރު މުހިންމު ކަމަށާއި، އޭގެ ތެރެއިން އެކުއްޖަކު ކުރިއަށް ދާން ބޭނުންވާ ހުނަރެއް ކަނޑައަޅާނީ އެކުއްޖަކު ކަމަށެވެ.

" އަޅުގަނޑުމެން ސްކޫލްތަކުން ދަރިވަރުންނަށް ފުރުޞަތު ހޯދައި މިދެނީ. އެކުއްޖަކު ކުރިއަށްދާނެ ދާއިރާއެއް ތަރައްގީ ކުރާނެ ހުނަރެއް އެކުއްޖެއްގެ އިޚްތިޔާރުގައި ނިންމަން ފުރުޞަތު އަޅުގަނޑުމެން މި ދެނީ" އަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

ދަސްވާރު ޕްރޮގްރާމް އެޑިއުކޭޝަން މިނިސްޓްރީން ހުއްޓާލީ އެއިން އެކަށީގެންވާ ފައިދާއެއް ދަރިވަރުންނަށް ނުކުރާ ކަމަށާއި، ސްކޫލުތަކުގެ ނަތީޖާ މަތިކުރަން ބައެއް ދަރިވަރުންނަށް ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވާން މަޖުބޫރުކުރަމުންދާ ކަމަށް ބުނެއެވެ.
ހުނަރު ޕްރޮގްރާމްގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ނުގެންދިޔަ ނަމަވެސް ސްކޫލްތަކުން އަމިއްލައަށް މިހާރުވެސް ބައެއް ހުނަރުތައް ދަސްކޮށްދެމުން ގެންދެއެވެ. އޭގެ ތެރޭގައި ކެއްކުމާއި ސާފުކުރުމާއި، ވަޑާންކުރުމާއި ފެހުމާ ގުޅުން ހުރި މަސައްކަތްތައް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *