" ބަދަލަކީ ރަނގަޅު ބަދަލެއް" ދަރިވަރު ނޫހަށް ދެއްވި އިންޓަވިއު ފައްޓަވަމުން ފުރަތަމަ ވެސް ވިދާޅުވީ އެހެންނެވެ. ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަހުމޫދު ޝައުޤީގެ ވިސްނުންފުޅުގައި އަހަރުގެ މެދުތެރެއަށް ބޮޑު ޗުއްޓީ ބަދަލުކޮށް ދިރާސީ އަހަރުގެ ފެށުން އަހަރުގެ މެދުތެރެއަށް ބަދަލު ކުރަން ލަސްވެއްޖެއެވެ. އެކަމާ އުޅެވުނު ލެއް ވެސް ފަސްވެއްޖެއެވެ.
އޮސްޓްރޭލިޔާ ނިއުޒިލެންޑް މެލޭޝިޔާ ސިންގަޕޫރު މިފަދަ ގައުމުތައް ފިޔަވައި ހުޅަނގުގެ ގިނަ ގައުމުތަކާއި އުތުރު ބައްރުގެ ގައުމުތައް، ޖުމުލަކޮށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ދިރާސީ އަހަރު ފެށަނީ އަހަރުގެ މެދުތެރޭގައި ނުވަތަ އޮގަސްޓް ސެޕްޓެމްބަރު ހާތަނުގައެވެ. އެ ގައުމުތަކުގައި އެ ކަންތައް ދިމާވެފައި އޮންނަނީ ތާރީޚީ ގޮތުން އިގްތިޞާދީ ސަބަބުތަކާ ހުރެއެވެ. ތާރީޚީ ގޮތުން ގިނަ ގައުމުތަކަކީ ދަނޑުވެރިކަމަށް ބަރޯސާވާ ގައުމުތަކެވެ. ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހޫނު މޫސުމުގައެވެ. އެއާއެކު ޗުއްޓީ ދީފައި މި އޮންނަނީ ވެސް އެ މޫސުމުގައެވެ. ކިޔެވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އޭގެ ފަހުންނެވެ.

ދިވެހިރާއްޖެއަށް މިފަދަ ބަދަލެއް ގެނައުމަކީ ދުނިޔޭގެ ގިނަ ގައުމުތަކާ އެއްގޮތް ކަމެއް އަންނާނެ ކަމެކެވެ. އެއިން ރަނގަޅު ފައިދާތަކެއް ކުރާނެކަމެކެވެ.
" އަޅުގަނޑުމެންގެ އިގްތިޞާދުގެ ވަރަށް ބޮޑު ބައެއް ބިނާވެފައި މި އޮތީ ފަތުރުވެރިކަމަށް. ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން ދަނީ އެ މީހުންގެ އާއިލާތަކާ ދުރުގައި. ރިޒޯޓްތަކުގައި. މި ބަދަލާއެކު އަންނަ ރަނގަޅު އެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޗުއްޓީ ލިބެން އޮންނަ އެންމެ ފަސޭހަ ދުވަސްވަރަކީ އަހަރުގެ މެދުތެރެ. ފަތުރުވެރިކަމަށް އެންމެ ބާރު ބޮޑުވާ ދުވަސްވަރަކަށް ވަނީ އުތުރު ބައްރުގެ ވިންޓަރ އަޅުގަނޑުމެންގެ އޮގަސްޓް ސެޕްޓެމްބަރުން ފެށިގެން މާރިޗު މަހާ ހަމައަށް. އެޕްރީލުން ޖުލައިއަށް ޗުއްޓީ ނަގައިގެން އާއިލާއެކީގައި ވަގުތު ހޭދަކުން. މި ބަދަލާއެކީގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ އަދަދެއްގެ މީހުންނަށް އާއިލާއާ އެކީގައި ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބޭނެ" ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަން ވެސް ކުރެއްވި ޝައުޤީ ވިދާޅުވިއެވެ.
މި ބަދަލަކީ ފަތުރުވެރިކަމުގެ ދާއިރާ ހިނިތުންވާނެ ކަމެކެވެ. ޓީމް ވެސް މަރުޙަބާ ކިޔާނެ ކަމެކެވެ. އިގްތިޞާދީ ސައިކަލާއި ވަޒީފާގެ ސައިކަލް، ސްކޫލުތައް ފެށޭއިރާ ގުޅުން ތަކެއް ހުރުމަކީ އޭގެ ފައިދާ މުޅި މުޖުތަމަޢަށް ކުރާނެ ކަމެކެވެ. މި ބަދަލާއެކު އަތުވެދާނެ ނޭދެވޭ ކަންތައްތަކަކީ ކޮބާތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.
"މި ބަދަލު ގެންނައިރު، މަތީ ތަޢުލީމް ދޭ ތަންތަނާ މަޝްވަރާ ކުރުން ވަރަށް މުހިންމު. އެހެން މި ދެންނެވީ އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައި ގިނަ ކުދިން މި ދަނީ ރާއްޖެއިން މަތީ ތައުލީމް ދޭ ކޮލްޖަޖްތަކާއި ޔުނިވަސިޓީތަކަށް. އެ ތަންތަނުގެ ކިޔެވުމަށް ބަދަލުތަކެއް އަންނާނެތޯ؟ އެ ތަންތަނުގެ ޓާމްތަކަށް ބަދަލުތަކެއް އަންނަންޖެހޭތޯ؟ އެ ބަދަލުތަކަކީ ކިހައި ދަތި ބަދަލުތަކަކަށް ވެދާނެތޯ؟ އަޅުގަނޑަށް ހީވަނީ އެފަދަ ބަދަލުތަކެއް ގެނައުމަކީވެސް ކުރެވޭނެ ކަމެއް. މިއީ މަޝްވަރާ ކުރަންޖެހޭ ކަމެއް. އެކަން ކުރުން ވަރަށް މުހިންމު" ޝައުޤީގެ ވިސްނުންފުޅުގައި މި ބަދަލަކީ މަތީ ތަޢުލީމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަދަލެކެވެ.
" އޭލެވެލް އާއި އޯލެވެލް ނިންމާފައި ރާއްޖެއިން ބޭރަށް ދާ ކުދިންވެސް އެބައުޅޭ. އެހެން ދާ ކުދިންގެ ތެރޭގައި މެލޭޝިޔާ، ސްރީލަންކާ އިންޑިޔާ، ސިންގަޕޫރު ފަދަ ގައުމުތައް ހިމެނޭ. މިފަދަ ގައުމުތަކުގުގައި މައިގަނޑު ގޮތެއްގައި މަތީ ތަޢުލީމް ފެށެނީ ޖެނުއަރީގައި ކަމުގައި ވި ނަމަވެސް އޮގަސްޓް ސެޕްޓެމްބަރުގައި ފެށޭ ކޯސްތައް އެބަހުރި. މި ޒަމާނުގައި، އަހަރެއްގެ ތެރޭގައި ވަކި އެއް އިރެއްގައި ފަށަނީކީ ނޫން. އަހަރެއްގެ ތެރޭގައި ތައުލީމީ ޕްރޮގްރާމްތަކަށް އެބަ ވަދެވޭ އަހަރެއްގެ ތެރޭގައި ދެ ވަގުތެއްގައި ވެސް. މި ބަދަލާއެކު އެކުދިންނަށް ސާނަވީ ތަޢުލީމް ނިންމުމަށްފަހު، މަތީ ތައުލީމަށް ދިއުމަށް މަޑުކުރަންޖެހޭ މުއްދަތު ބެލުން މުހިންމު. އަޅުގަނޑަށް ގަބޫލު ކުރެވެނީ މާ ބޮޑު ބުރައެއް ނެތި ބަދަލުވެވޭނެ. އުތުރު ބައްރަށްދާ ކުދިންނަށް ވެސް މާ ބޮޑު ދައްޗެއް ވާނެހެން ހިއެއް ނުވޭ. ވިޔަސް ވާނީ ފަސޭހަ" ޝައުގީ ވިދާޅުވިއެވެ.
މި ބޮޑު ބަދަލު ގެންނައިރު ކަމާ ބެހޭ ފަރާތްތަކާ ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި ބެލެނިވެރިންނާއި މުދައްރިސުންގެ ޚިޔާލުތައް ވެސް ދަނީ ހޯދަމުންނެވެ.
މި ބަދަލު ގެންނަ ވާހަކަ ދޭތެރެ ދޭތެރެއިން އަޑުއިވެއެވެ. އެ ޚިޔާލު އެކި ފެންވަރުގައި ވެސް ފާޅުކުރެވެއެވެ. ނަމަވެސް ޢަމަލީ ކުލަ ޖެހުމަށް ގިނަ ހުރަސްތަކެއް ހުރީއެވެ. ހިނގަމުންދާ ނިޒާމެއްގެ ތެރޭގައި މިކަން ކުރަން ފަސޭހަ ނުވީއެވެ.
" ހަގީގަތުގައި ހިނގަމުންދާ ނިޒާމެއްގެ ތެރޭގައި އެ ބަދަލު ގެނައުން އަބަދުވެސް އޮންނާނީ ދަތި ކަމަކަށްވެފައި. މިފަހަރު މި ވީ ގޮތަކީ އަޅުގަނޑުމެންނަށް ދިމާވި ހާލަތާ ގުޅިގެން މަޖުބޫރު ބަދަލުތަކެއް މި އައީ. އައީމާ މި ބަދަލަށް މަގު ފަހިވެގެން އެބަ ދޭ. މި ބަދަލަށް ފުރުޞަތު އެބަ ލިބޭ މިހާރު. މިއީ އެންމެ ރަނގަޅު ވަގުތު އެ ބަދަލު ގެންނަ ކަމަށް ވަންޏާ"

މިއީ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށް ބަދަލުވާންވީ ވަގުތެވެ. އެކަމަށް އެންމެ ބޮޑަށް ފަހިވެފައިވާ ވަގުތު ވެސް މެއެވެ. އެކަމަކު ދިރާސީ އަހަރު ފަށަން މެދުތެރޭގައި ކަމަށް ބުނެފައި ވަނީ ޖޫން މަހުގައި ފެށުންތޯ ޖުލައި މަހު ފެށުންތޯ ނުވަތަ އޯގަސްޓްމަހު ފެށުމަށްތޯ މިއީ އުފައްދަން ޖެހޭ ސުވާލެކެވެ.
" އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އަހަރު ފަށާނީ އަހަރުގެ މެދުތެރޭގައި ކަމަށް ބުނެފައިވީ ނަމަވެސް ކިޔަވަން ފަށާ ވަކި ތާރީކެއް އަދި ބުނެފައެއް ނެތް. ޖުލައި އެކެއްގައި ތޯ ޖޫން މަހު ތޯ ނުވަތަ މެއި މަހު ތޯ، ފެށެނީ ކޮންތާރީޚެއްގައި ތޯ ނިމެނީ ކޮން ތާރީޚެއްގައި ތޯ، އަދި ދިރާސީ އަހަރު ނިމޭނީ ކޮންތާރީޚެއްގައިތޯ، މި ތަފުޞީލް އަދި ދެއްވާފައި ނެތް. އެ ތަފުޞީލްތައް ނިންމުގެ ކުރިން ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރުން މުހިންމު. އަޅުގަނޑުގެ ގަބޫލު ކުރާގޮތުގައި މިނިސްޓްރީން އެ މަޝްވަރާ ކުރައްވާނެ" ޝައުޤީ ޤަބޫލުކުރައްވާ ގޮތުގައި މިއީ ވަރަށް މުހިންމު ބަދަލެއް ކަމަށާއި މި ބަދަލު ގެންނައިރު ވީހާ ވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުން ވަރަށް މުހިންމެވެ.
އޯލެވެލް އޭލެވެލް އިމްތިޙާން ބާއްވާނެ ތާރީޚާ ގުޅޭ ގޮތުން ޑރ. ޝަޢުޤީ ވިދާޅުވީ "ތައުލީމީ އަހަރު ފެށޭ އިރާ އިމްތިޙާން ބާއްވާ ވަގުތާ ގުޅުންތަކެއް ހުރޭ. ނަމަވެސް އިމްތިޙާން ބާއްވާ ތާރީޚް ބޮޑަށް ބިނާވެފައި މި އޮންނަނީ އިމްތިޙާނު ދ، އިގިރޭސި ވިލާތުގެ އިމްތިޙާނު ދޭ ފަރާތްތަކުން އެ އިމްތިޙާން ބާއްވާ ވަގުތު ތަކަކަށް. އެއިން ދަތިތަކެއް އަތުވެދާނެތޯ ތަފުޞީލުކޮށް އެނަލައިޒްކޮށް ބަލާލަންޖެހޭ. އޯލެވެލްއާއި އޭލެވެލް އިމްތިޙާން މި ބަރޯސާ ވަނީ އެހެން ބަޔަކަށް. އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވެން ނެތީމާ، ދެން އެންމެ އަވަހަށް ބޭއްވެން އޮތީ މެއި ޖޫން ކަމަށް ވަންޏާ އެއީ އެންމެ ރަނގަޅު ގޮތް އެންމެ އަވަހަށް ބޭއްވެން އޮތް ފުރުޞަތު އެއީ" ޝަޢުޤީ ވިދާޅުވިއެވެ.

ޝައުޤީ ގަބޫލުކުރައްވާ ގޮތުގައި ޗުއްޓީތަކާއި ކިޔަވައި ދިނިމަކީ ޢާއިލީ ދިރިއުޅުމާއި އިގުތިސާދީ މަސައްކަތްތަކާ ވެސް ގުޅިލާމެހިފައިވާ ކަންކަމެވެ.
" އަޅުގަނޑުމެންގެ އާދަކާދައިގެ ތެރެއަށްވެސް މިހާރު ވަދެފައި މި އޮންނަނީ ޗުއްޓީ ލިބުނީމާ ކުދިން ގޮވައިގެން ކޮންމެވެސް ތަނަކަށް ދިއުން. މިހާރު ބޮޑުޗުއްޓީ ލިބޭ ދުވަސްވަރަކީ މުޅި ދުނިޔޭގައި ވެސް ޗުއްޓި ހޭދަކުރުމަށް ދަތުރު ކުރުމުގައި އެންމެ އަގު ބޮޑު ދުވަސްވަރު. ޑިސެންބަރު ޖެނުއަރީއަކީ ހުރިހާ ހޮޓާތަކެއް ފުރި އެއަރލައިންތަކުގެ ޓިކެޓް އަގުބޮޑު ދުވަސްވަރު. ޚަރަދުގެ ގޮތުން ބަލާއިރުވެސް އެ ދުވަސްވަރު ޚަރަދު ބޮޑު. ރާއްޖޭގެ އެތެރެއަށް ބަލާއިރުވެސް އެންމެ ޚަރަދު ބޮޑު ދުވަސްވަރަކީ އެއީ. އެހެންވީމާ ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއާ ދިމާވުމަކީ އާއިލީ ޗުއްޓީ ހޭދަކުރުމުގައި ޚަރަދު މިހާރަށްވުރެ ކުޑަވާނެ ކަމެއް. "
ޝަޢުޤީ ވިދާޅުވީ މީގައި މުހިންމު ކަމަކީ ހަމައެކަނި ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ވަގުތެއް ނޫނެވެ. ބޮޑު ޗުއްޓީ ކުދިންނަށް ލިބޭ ވަގުތެވެ.
ސަރުކާރުން ނިންމަވާފައިވާ ނިންމުމުންފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް ފައިދާ ކުރާނެ ކަމެވެ.
" މިހާރު ސްކޫލްތަކުގެ ބޮޑުޗުއްޓީ ލިބޭ ދުވަސްވަރަކީ ރިޒޯޓްތައް ފުރިބާރުވާ ދުވަސްވަރު. އެ ދުވަސްވަރަކީ ރިޒޯޓް މުވައްޒަފުންނަށް ޗުއްޓީ ނުލިބޭ ދުވަސްވަރު. ލިބުނަސް ލިބޭނީ ދެ ތިން ދުވަސް. އަހަރުގެ މެދުތެރެއަށް ސްކޫލްތަކުގެ ބޮޑުޗުއްޓީ ހަމަޖެއްސުމުން އެދުވަސްވަރު ރިޒޯޓް ތަކުގެ މުވައްޒަފުންނަށް ވެސް ދިގު ޗުއްޓީއެއް ހޯދާ އާއިލާއާއެކު ވަގުތު ހޭދަ ކުރުމުގެ ފުރުޞަތު ލިބިގެންދޭ. ރިޒޯޓްތަކުގައި ވަޒީފާ އަދާ ކުރާ ބައްޕައިންނާއި އަދި މަންމައިންނާއެކު ދަރިންނަށް ދިގު ޗުއްޓީއެއް ހޭދަކުރަން ލިބުނަމީ އެކުދިންނަށް ވަރަށް މުހިންމު ކަމެއް. އެހެންވިއިރު، ގެއްލުމެއް ނުވާކަމަށްވަންޏާ ކީއްވެތޯ މިކަން ނުކުރަންވީ" ޝަޢުޤީ ވިދާޅުވިއެވެ.
ޝައުގީ ވިދާޅުވީ އެ ބަދަލު ގެނައުމަށް ކުރިން ސަރުކާރުން ވިސްނެވި ނަމަވެސް ނު ގެނެވިފައި ވަނީ އެ ބަދަލު ގެންނަ ނަމަ އަހަރުގެ ކިޔެވުން ޖެނުއަރީގައި ނުފަށައި އަހަރުގެ މެދުތެރޭގައި ފަށަން ޖެހުން ޓާމެއްގެ ކިޔެވުމަށް ބުރޫ އަރާފާނެ ތީއެވެ.
މިއަދު މިއޮތީ އެކަމަށް މަގުފަހިވެފައެވެ. ޓާމެއްގެ ކިޔެވުންހެން މިވަނި ގެއްލިފައެވެ. ދިރާސީ އަހަރުގެ ކިޔެވުން ފަށާނެ އާ ދުވަސްވަރަކަށް މިވަނީ ފަހިވެފައެވެ. މިކަމުން ލިބޭނެ އެތައް ފައިދާއެއް އެބަ ހުއްޓެވެ. ޑރ. ޝައުގީ ވެސް ވިދާޅުވެދެއްވީ އެ ވާހަކައެވެ.
advertisment
3 Responses
ދެކުނުގެ ބައްރުތަކުގައި މިކަން ކުރާ މައިގަނޑު ސަބަަބަކީ ހޫނު މޫސުމުގައި ޗުއްޓީ ދިނުމެވެ. އެކަމުގެ އެތައް ފައިދާތަކެއް ވެއެވެ.
އުތުރު ބައްރުތަކުގައި، ފިނޭންޝަލް އަހަރު ފަށަނީ، 1 އޭޕްރިލްގައެވެ. ނޫނީ ސްކޫލްތައް ފަދައިން އަހަރުގެ މެދުތެރޭގައެވެ. ރާއްޖޭގައި ސްކޫލް ނިޒާމު އެހެން ގޮތަކަށް ބަދަލުކުރުމަށް އޮތް އެއް މައްސަލައަކީ ފިނޭންޝަލް އަަހަރު ޖަނަވަރީގައި ފަށާކަމެވެ.
މިއަށް ވުރެ ރަނގަޅު ގޮތަކީ، ދުރު މުސްތަޤްބަލްގައި ރާއްޖޭގެ ސެކަންޑަރީ ސްކޫލް ދަރިވަރުން ބައިވެރިވާ އިމްތިޙާނުތައް ރާއްޖޭގައި ދެވޭ އިމްތިޙާނުތަކަކަށް ހެދުމެވެ. މިއަށް ފަހު، ހިޖްރީ އަހަރަށް ނިސްބަތްކޮށް ދިރާސީ ކަލަންޑަރު ހެދުމެވެ. މިހެން ނޫންނަމަ، ރޯދަމަހުގެ ސަބަބުން ކިޔަވައިދިނުމަށް ކުރާ އަސަރެއް ކުޑައެއް ނުކުރެވޭނެއެވެ.
ޝައުޤީ ބުނެފައިވަނީ ތެދެއް ނޫނެވެ. ސްކޫލްތައް ނިންމާ ގިނަ ކުދިންނެއް މަތީ ތަޢުލީމަކާ ދިމާއަކަށް ނުދެއެވެ.
ސިންގަޕޫރާއި.މެލޭޝިއާ.އޮސްޓްރޭލިއަރ، މެލޭޝިއަރ، ނިއުޒީލެންޑް ގައި ދިރިއުޅޭ މީހުންނާއި ކުދިންނާއި ދިވެހިން މަދެއްނުވާނެ ރިސޯޓު ގައި މަސައްކަތް ކުރާ މީހުންނަށްވުރެން/ މީގެ ސަބަބުން ދުރުގައި ދިރިއުޅޭ މިފަދަ އާއިލާތަކާއި އެކު ޗުއްޓީ ދުވަސްކޮޅެއް ވެސް ބެލެނިވެރިންނާއި ޢާއިލާ ނުލިބުމަކީ ދެރަކަމެއް/ އޮފްސީޒަނުގައި ރިސޯރޓު މުއަށްޒަފުންނަށް ބޭނުންވަނީ މުސާރައާއި އިނާޔަތް ބޮޑުކުރަން/ ސިންގަޕޯރ މެލޭޝިއާ.އޮސްޓްރޭލިއަރ،ނިއުޒީލޭންޑަށްވުރެން ވެސް ކުރީގަތާ ރާއްޖެމިއޮތީ ކީކޭބުނާނީ/ މިއަށްވުރެން މާރަނގަޅު ރަމަޝާންމަހަށް ނުވަތަ ހައްޖުމަހަށް ސްކޫލްތަކުގެ ބޮޑުޗުއްޓީ ހަމަޖެއްސުން/
މިގައުމުގައިމިހާރުތިބީރިސޯރޓު މުއައްޒަފުނާއި ބަންގްލަދޭޝް ގެމީހުން.ސްކޫލް ބޮޑޫޗުއްޓީވެސް ރިސޯރޓު މުއައްޒަ ފުން ނަށް/ ލޮކްޑައުންގެ ކުރިން ޓިކެޓްނަގާފައި ތިބިއެއްތައް ބަޔަކު ކިއުގެ ތިއްބާ ވެސްރަށަށް ދިއުމުގެ ފުރުސަތު ފަހިކޮށް ދެނީ މިމީހުންނަށް،ކިޔަވާށާ އެހެނިހެން ބޭނުމުގައި ދިރިއުޅޭ ގައުމުތަކުގެ ސްކޫލް ބޮޑު ބަންދާ ފުށުއަރާގޮތައްސްކޫލް ބޮޑުބަންދު ވިލާތާއި އެއްގޮތްކުރަން / ސަބަބަކީ މިމީހުންގެ ގިނައާއިލާ ދިރިއުޅެނީ މިތާގައިމަށްވުން، މަނިކުފާނުގެ މިނިސްޓަރ ކަމުގައި މިބަދަލު ނުގެންނެވީ ކީއްވެ،މިހާރު ތިހެންވިދާޅުވުމުން ބޮޑުސުއާލެއް؟