މޭނާ ސްކޫލުން ވަރޗުއަލް ކުލާސްރޫމާއި ބެލެނިވެރިންގެ ބައްދަލުވުން ތައާރަފުކޮށްފި

ނ. ހޮޅުދޫ މޭނާ ސްކޫލުން ވަރޗުއަލް ކުލާސްރޫމާއި ބެލެނިވެރިންގެ ބައްދަލުވުން ތަޢާރަފު ކޮށްފިއެވެ.
މޭނާ ސްކޫލުން ވަނީ އަލަށް ގްރޭޑް 11އަށް ގުޅުނު ދަރިވަރުންނަށް ވާރޗުއަލްކޮށް މަރުހަބާ ކިޔައި އޮރިއެންޓޭޝަން ބާއްވައި ރަސްމީކޮށް ކިޔަވާދޭން ފަށާފައެވެ. ގުރޭޑް 11 ގެ ގިނަ ކުދިން އޮންލައިންކޮށް މޭނާ ސްކޫލުގައި ކިޔަވަމުންދާ އިރު މީގެތެތޭގައި އެހެން ރަށްރަށުގެ ގިނަ އަދަދެއްގެ ކުދީން ހިމެނެއެވެ.

މޭނާ ސްކޫލުން ބުނީ މިނިސްޓްރީގެ ފަރާތުން ދަރިވަރުންނަށް ޑޭޓާ ޕެކޭޖް ދިނުމާއެކު ސްކޫލުން ވިސްނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ދަރިވަރުންނަށް ވީޑިއޯ ކުލާސްތައް ފެށުމަށެވެ. މިގޮތުން ގޫގުލް މީޓް މެދުވެރިކޮށް މިހާރުވަނީ އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޓައިމްޓޭބަލް ކުރެވިގެން ވީޑިއޯ ކުލާސްތައް ވެސް ފަށާފައެވެ. އަދި ހަމަ އެއާއެކު މި ކުލާސްތަކުގެ ބެލެނިވެރިންގެ ބައްދަލުވުން ވެސް ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މިގޮތުން ގުރޭޑް ދިހައެއްގެ ބެލެނިވެރިންގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފައެވެ.

" މިއީ ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް" މޭނާ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝަހީމް ވިދާޅުވިއެވެ.

މޭނާ ސްކޫލުން ބުނީ ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމާ އެކު ދަރިވަރުންނަށް ކިޔަވައިދެވޭނެ ގޮތްތައް ބަލަމުން ދިޔަ ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ކުރި ކަމަކީ މޫޑުލް މެދުވެރިކޮށް ޓީޗަރުންނަށް ދަރިވަރުންނަށް މަސައްކަތް ހަވާލުކޮށް، ދަރިވަރުންގެ މަސައްކަތްތައް ބެލޭނެގޮތް ޤާއިމްކޮށް ދިނުމެވެ. މޫޑުލް އަކީ ޤައުމީ ޔުނިވާސިޓީ އަދި ވިލާ ކޮލެޖް ފަދަ ތަންތާ ބޭނުންކުރަމުން އަންނަ އެޕްލިކޭޝަނެކެވެ.

މޭނާ ސްކޫލުން މަސައްކަތް ކުރަމުންދަނީ އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ހުރިހާ ކުލާސްތަކަކަށް ވެސް ކިޔަވައިދިނުން ފެށުމުމަށެވެ.

ސްކޫލުން ފާހަގަކުރާގޮތުގައި މިފަދަ ކަންކަން ކުރުމަށް ލިބޭ ހިތްވަރަކީ މިނިސްޓްރީ އޮފް އޭޑިއުކޭޝަން އިން މިފަދަ ވަސީލަތްތައް ބޭނުންކުރުމަށް ސްކޫލްތަކަށް ދެއްވާ ހިތްވަރާއި، ސްކޫލުގެ މުދައްރިސުން ކިޔަވައިދިނުމަށް ދެއްވާ ޝައުގުވެރިކަން އަދި ބެލެނިވެރިންނާއި ރަށުގެ ހެޔޮއެދޭ އެންމެހާ ރައްޔިތުންގެ އެއްބާރުލުމެވެ.
މޭނާ ސްކޫލަށް ހިޖުރީ ގޮތުން 75 އަހަރު ފުރުނީ މި އަހަރުއެވެ. އެ ސްކޫލުން ވަނީ އޯލެވެލްއާއި އޭލެވެލްގެ ގަދަ ދިހައެއްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *