ޓެލިކިލާސްތައް އަލުން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވެއްޖެ

ޓީވީ މެދުވެރިކޮށް އަންނަ ހަފުތާގައި ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވާން ފަށައިފިއެވެ.

އެ މިނިސްޓްރީން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ގުރޭޑް 12ގެ ދަރިވަރުންނަށް ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދޭން ފަށާށެވެ. ޓެލިކިލާސްތައް ގެނެސްދެނީ ޕީއެސްއެމުންނެވެ.
ކޮވިޑްއާ ގުޅިގެން ސްކޫލްތައް ބަންދުކުރުމުން ގޫގުލް ކުލާސްރޫމް މެދުވެރިކޮށް މިހާރުވެސް ބައެއް ސްކޫލްތަކުން ދަނީ ކިޔަވައިދެމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިން ޓެލިކިލާސް ކުރިއަށް ގެންދިޔަ ގޮތާ ތަފާތުކޮށް، އެކި ސްކޫލްތަކުން ޓީޗަރުން ފިލާވަޅުތައް ނަގައިދިނުމުގައި ބައިވެރިވާނެ ކަމަށެވެ.
ޓެލިކިލާސްތައް ހުއްޓާލީ މާލެސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *