ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުންގެ ފަރާތުން، ހޮސްޕިޓަލްތަކަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.
ޣިޔާސުއްދީން ސްކޫލުގެ ފަރާތުން، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްގެ ތެރޭގައި ހިމެނޭ ޕީޕީ ސޫޓާއި ފޭސް ޝީލްޑާއިި ގޮގުލް އަދި މާސްކް ހަދިޔާކުރީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ސެނަހިޔާ އާއި ހުޅުމާލެ ހޮސްޕިޓަލް އަދި މެޑިކަލް އެސޯސިއޭޝަނަށެވެ.

ޣިޔާސުއްދީން ސްކޫލުގެ ކޮމިއުނިޓީ ސާވިސް ގްރޫޕުން އިސްނަގައިގެން ކުރި މަސައްކަތުން 110 ގޮގުލްއާއި 34 ސޫޓާއި 10 ގައުން އަދި 200 މާސްކް ތައްޔާރުކޮށްފައި ވެއެވެ. މި ތަކެތި ޔައްުޔާރު ކުރުމުގައި ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.
އައިޖީއެމްއެޗުން ވަނީ މި ތަކެތި ހަދިޔާ ކުރުމާ ގުޅިގެން އެ ސްކޫލްގެ މެނޭޖްމަންޓައި ބެެލެނިވެރިންނާއި ދަރިވަރުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
ކޮވިޑްގެ ނުރައްކާތެރި ހާލަތާ ގުޅިގެން ރަށްރަށުގެ ސްކޫލްތަކުގެ ސްޓާފުން އިސްނަގައިގެން މާސްކާއި ޝީލްޑް ތައްޔާރުކޮށް އެ ރަށްރަށުގެ ކައުންސިލްތަކަށައި ޓާސްކްފޯސްތަކަށް ވަނީ ހަދިޔާކޮށްފައެވެ.
advertisment
ހިޔާލު