އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް: 13 އަހަރާއި 17 އަހަރުން ދަށް، ޗެމްޕިއަންކަން އިސްކަންދަރަށް

ޣިޔާޘުއްދީނާއި އިސްކަންދަރު ސްކޫލް ގުރޫޕް ސްޓޭޖްގެ މެޗެއްގައި ކުޅެނީ: ފައިނަލުގައި އިސްކަންދަރުން ކުރި ހޯދީ ދިހަ ޕޮއިންޓްގެ ތަފާތަކުން- ފޮޓޯ: ރިޝްވާން | ދަރިވަރު ނޫސް

24 ވަނަ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ތޭރަ އަހަރުން ދަށާއި ސަތާރަ އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ތޭރަ އަހަރުން ދަށުގެ ފައިނަލުގައި ރެހެންދި ސްކޫލާ ވާދަކޮށް އިސްކަންދަރު މޮޅުވީ 21- 28 ންނެވެ.

ތޭރަ އަހަރުން ދަށުގެ ފައިނަލަށް އިސްކަންދަރު ސްކޫލް ދިޔައީ ޣިޔާޘުއްދީން ސްކޫލް އަތުން މޮޅުވެގެންނެވެ.

17 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލުގައި ޣިޔާޘުއްދީން ސްކޫލް 43-53 ގެ ތަފާތަކުން މޮޅުވެގެންނެވެ.

ސަތާރަ އަހަރުން ދަށުގެ ފައިނަލަށް އިސްކަންދަރު ސްކޫލް ދިޔައީ އަމީނިއްޔާ ސްކޫލް އަތުން މޮޅުވެގެންނެވެ.

ތިން އުމުރު ފުރައިގެ ސެމީގައި އިސްކަންދަރުން ކުޅުނުއިރު، އެ ސްކޫލް ބަލިވީ 15 އަހަރުން ދަށުގެ ބައިގެ ސެމީގައި ޣިޔާޘުއްދީން އަތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *