އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް: 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ ހައި ސްކޫލަށް

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 19 ދަށުގެ ބައިން ޗެމްޕިއަންކަން ލިބުމުން ވިލާ ހައި ސްކޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: ސީއެޗްއެސްއީއާ ވާދަކޮށް ވިލާ ހައި ސްކޫލް މޮޅުވީ ބޮޑު ތަފާތަކުން - ފޮޓޯ: ރިޝްވާން | ދަރިވަރު ނޫސް

މިރޭ ކުޅުނު ފައިނަލް މެޗް ބޮޑުތަފާތަކުން ކާމިޔާބުކޮށް އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ހޯދައިފިއެވެ.

ފައިނަލުގައި ސީއެޗްއެސްއީއާ ވާދަކޮށް، ވިލާ ހައި ސްކޫލް މޮޅުވީ 34-51ގެ ތަފާތަކުންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ ވިލާ ހައި ސްކޫލުގެ އާމިނަތު އައިނީއެވެ.

މި ދެޓީމުގެ މީގެ ކުރިން މި މުބާރާތުގައި ދެ ފަހަރު ބައްދަލުކުރިއެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު މެޗްވީ އެއްވަރެވެ. ސެމީގައި ކުޅުނު މެޗުން މޮޅުވީ ވިލާ ހައި ސްކޫލެވެ.

މި މުބާރާތުގެ 13 އަހަރުން ދަށާއި 15 އަދި 17 އަހަރުން ދަށުގެ ފައިނަލް މާދަމާ ކުޅޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *