މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުދަކުދިންގެ ދުވަހެވެ. ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިހު ވަނީ މި ދުވަހުގެ ތަހުނިޔާ އެންމެހައި ކުދިންނަށް ފޮނުއްވާފައެވެ. އެ މަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދީ ރަނގަޅު ކާނާ އާއި ސިއްހަތާއި ތައުލީމު ކަށަވަރުކޮށްދިނުމުގެ އަމާޒަށް މި ހާލަތުގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުޑަކުދިން އަނިޔާއިން ސަލާމަތްކުރުމަށް މަސައްކަތްކުރަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
" ވިޑް-19އިގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރާއިރު ކުޑަކުދިން މި ބަލިން ރައްކާތެރި ކޮށްދިނުމާއެކު، އެ ކުދިންނަށް ރަނގަޅު ކާނާ އާއި ސިއްހަތާއި ތައުލީމާއި އެކުދިންނަށް ލިބޭ އަނިޔާ އިން ހިމާޔަތް ލިބިދިނުން ކަށަވަރުކޮށް އުފާވެރި މުސްތަގުބަލެއް ހޯދައިދޭނަން" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރާއިރު، އެ ކުދިންނަށް ތަހުނިޔާ ކިޔަމުން ދަނީ ގޭގައި ތިބެ ވީޑިއޯއާއި ތަފާތު މެސެޖްތަކުންނެވެ. އެހެން އަހަރުތަކާ ޚިލާފަށް މި އަހަރަކީ ކުލަގަދަ ގޮތެއްގައި ކުޑަކުދިންގެ ދުވަސް ފާހަގަ ނުކުރާ ދުވަހަށް ވާނެއެވެ.
advertisment
ހިޔާލު