މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ސެމީއަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ސީއެޗްއެސްއީއެވެ.
މި އުމުރު ފުރައިގައި ބައިވެރިވީ ތިން ސްކޫލަކުންނެވެ. އެއީ މި ދެ ސްކޫލުގެ އިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.
ވިލާ ހައި ސްކޫލާއި ސީއެޗްއެސްއީ ސެމީއަށް އައީ ކުޅުނު ދެ މެޗްގެ ތެރެއިން އެއް މެޗުން މޮޅު އެއް މެޗުން އެއްވަރު ވެގެންނެވެ. މި ދެޓީމު ބައްދަލުކުރި މެޗް އެއްވަރުވިއިރު، އަހުމަދިއްޔާއާ ގުޅުނު މެޗުން މި ދެޓީމް ވެސް ވަނީ މޮޅުވެފައެވެ. ގުރޫޕް ސްޓޭޓްގައި ދެ ޓީމަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.
ސެމީގެ ދެ މެޗް ކުޅޭނެއެވެ. ސެމީގެ ފުރަތަމަ މެޗްގައި ވިލާ ހައި ސްކޫލާއި ސީއެޗްއެސްއީ މިރޭ ކުޅޭއިރު، އޭގެތެރެއިން މޮޅުވާ ޓީމެއް ފައިނަލަށް ދާނެއެވެ. ސެމީގެ ދެވަނަ މެޗްގައި ކުޅޭނީ މިރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުން ބަލިވާޓީމާއި ތިން ވަނައަށް ދިޔަ އަހުމަދިއްޔާ އާއެވެ. އެތަނުން މޮޅުވާ ޓީމެއް ދެވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދާނެއެވެ.
advertisment
ހިޔާލު