އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް: އަލަށް ވާދަކޮށް 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ކުނބުރުދޫ ސްކޫލަށް

ވޮލީގައި އަލަށް ވާދަކޮށް 16 އަހަރުން ދަށުގެ ޗެމްޕިއަންކަން އދ. ކުނބުރުދޫ ސްކޫލުން ހޯދައިފިއެވެ.

ފައިނަލުގައި އދ. އަތޮޅު މަދަރުސާއާ ވާދަކޮށް ތަށި ހޯދީ ތިން ސެޓުން މޮޅުވެގެންނެވެ. ސެޓުތައް އެ ސްކޫލުން ކާމިޔާބު ކުރީ، 25-17، 25-20، އަދި 25-5 އިންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކުނބުރުދޫ ސްކޫލުގެ ޖޯޒީ ނަމްބަރު 5 އަހުމަދު އައިހަމް މުޙައްމަދެވެ.

އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، ކުނބުރުދޫ ސްކޫލްގެ އަޙްމަދު އައިހަމް މުޙައްމަދު، މުޙައްމަދު އިކުރާމް އިސްމާއީލް ރަޝީދު، މުޙައްމަދު ރިފާތު، އަޙުމަދު އިޔާދު މުޙައްމަދު އަޔާޒެވެ. ދެން ހިމެނުނީ އދ.އަތޮޅު މަދަރުސާގެ ޝައިޙާން ޝާހީންއާއި އިބްރާހިމް ރާކިން ޙަސަން އަދި ކެޔޮދޫ ސްކޫލްގެ އިބްރާހީމް ޔަނާލް މުޙައްމަދު (ލިބަރޯ) އެވެ. އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ކުނބުރުދޫ ސްކޫލްގެ އަޙުމަދު ސުނާނެވެ.

ކުނބުރުދޫ ސްކޫލް ވާދަކުރީ ސޯޅަ އަހަރުން ދަށުގެ އުމުރު ފުރައިގައެވެ. އެ ސްކޫލްގެ އަންހެން ޓީމް ފައިނަލުގައި ބަލިވީ ފ. އަތޮޅު މަދަރުސާގެ އަތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *