އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް: 14 އަހަރުން ދަށް އަންހެން، ޗެމްޕިއަންކަން ވެސް ފ. އަތޮޅު މަދަރުސާއަށް

އިންޓަ ސްކޫލް 14 އަހަރުން ދަށް އަންހެން، ފައިނަލުގައި މަޑިފުށީ ސްކޫލާއި ފ. އަތޮޅު މަދަރުސާ މިއަދު ހަވީރު ކުޅުނު މެޗްގެ ތެރެއިން- ފޮޓޯ: ރިޝްވާން- ދަރިވަރު

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ސާދަ އަހަރުން ދަށް އަންހެން، ޗެމްޕިއަންކަން ވެސް ފ. އަތޮޅު މަދަރުސާއިން ހޯދައިފިއެވެ. މި އުމުރު ފުރައިގެ ފިރިހެން ޗެމްޕިއަނުންނަކީ ވެސް ފ. އަތޮޅު މަދަރުސާއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލުގައި ފ. އަތޮޅު މަދަރުސާ ޗެމްޕިއަންކަން ހޯދީ މަޑިފުށީ ސްކޫލާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ. ފުރަމަ ދެ ސެޓް 17-25 އަދި 15-25 ގެންދިޔައީ ފ. އަތޮޅު މަދަރުސާއިންނެވެ. ތިން ވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 23-25ން ގެންދިޔައި މަޑިފުށީ ސްކޫލުންނެވެ. ފަހު ސެޓް ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ 15-25ންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ ފ. އަތޮޅު މަދަރުސާގެ ޖޯރީ ނަމްބަރު 7 ތުހާ ތޮލްހަތުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *