އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް: 16 އަހަރުން ދަށް އަންހެން ސެމީގައި ކެޔޮދޫ ސްކޫލް ވާދަކުރާނީ ފ. އަތޮޅު މަދަރުސާއާ، ކުނބުރުދޫ ސްކޫލް ވާދަކުރަނީ އިމާދުއްދީން

16 އަހަރުން ދަށް އަންހެން ސެމީ ފައިނަލް މިރޭ ކުޅޭނެއެވެ. ސެމީގެ ފުރަތަމަ މެޗްގައި ކެޔޮދޫ ސްކޫލް ވާދަކުރާނީ ފ. އަތޮޅު މަދަރުސާއާއެވެ. ސެމީގެ ދެވަނަ މެޗްގައި ކުނބުރުދޫ ސްކޫލް ވާދަކުރަނީ އިމާދުއްދީން ސްކޫލާއެވެ.

ގުރޫޕް އޭއިން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދިޔައީ ފ. އަތޮޅު މަދަރުސާއެވެ. އެ ސްކޫލުން ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓް ލިބިފައިވެއެވެ. ދެވަނަ ޓީމެއްގެ ގޮތުގައި ދިޔައީ ކެޔޮދޫ ސްކޫލެވެ. އެ ސްކޫލް މޮޅުވީ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުންނެވެ. ގުރޫޕް ބީއިން އެއްވަނަ ޓީމަކީ ކުނބުރުދޫ ސްކޫލެވެ. އެ ސްކޫލް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވެއެވެ. މި ގުރޫޕްގެ ދެވަނަ ޓީމަކީ އިމާދުއްދީނެވެ. އިމާދުއްދީން ސެމީއަށް ދިޔައީ ގުރޫޕް ސްޓޭޖްގައި އިއްޔެ ކުޅުނު މެޗް ތާޖުއްދީނުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސެމީ ފައިނަލް މެޗް ކުޅޭނީ މިރޭ 8:45 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *