އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް: 16 އަހަރުން ދަށް އަންހެން، ފ. އަތޮޅު މަދަރުސާ، ކުނބުރުދޫ ސްކޫލް، ކެޔޮދޫ ސްކޫލް ސެމީއަށް

ސެމީގައި ފ. އަތޮޅު މަދަރުސާ ވާދަކުރާނީ ކެޔޮދޫ ސްކޫލާ

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 16 އަހަރުން ދަށް އަންހެން ސެމީއަށް ފ. އަތޮޅު ސްކޫލާއި ކުނބުރުދޫގެ އިތުރުން ކެޔޮދޫ ސްކޫލް ހިނގެއްޖެއެވެ.

އަށް ސްކޫލުން ވާދަކުރި ކި އުމުރުފުރައިގައި ފ. އަތޮޅު މަދަރުސާއާއި ކުނބުރުދޫ ސްކޫލް ސެމީއަށް ދިޔައީ ގުރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުން މޮޅުވެގެންނެވެ. މިއިން ކޮންމެ ޓީމަކަށް ނުވަ ޕޮއިންޓް ލިބިފައިވެއެވެ. ފ. އަތޮޅު މަދަރުސާ ސެމިއަށް ދިޔައީ ގުރޫޕް އޭއިން އެއްވަނަ ޓީމެއްގެ ގޮތުގައެވެ. ކުނބުރުދޫ ސްކޫލް ސެމީއަށް ދިޔައީ ގުރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުގެ ދެވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދިޔައީ ކެޔޮދޫ ސްކޫލެވެ. ސެމީގައި ފ. އަތޮޅު މަދަރުސާ ވާދަކުރަން ޖެހެނީ ގުރޫޕް ބީ އިން ދެވަނަ ޓީމް ކެޔޮދޫ ސްކޫލާއެވެ.

ގުރޫޕް ބީ އިން އެއްވަނަ ހޯދި ކުނބުރުދޫ ސްކޫލް ކުޅެން ޖެހޭނީ އިމާދުއްދީނާއި ތާޖުއްދީން ކުޅެގެން މޮޅުވާ ޓީމަކާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *