އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ސޯޅަ އަހަރުން ދަށުގެ ފިރިހެން އުމުރު ފުރައިގައި ކުނބުރުދޫ ސްކޫލާއި އދ. އަތޮޅު މަދަރުސާ ކުޅުނު ތިން މެޗުންވެސް މޮޅު ސެމީއަށް ދިއުމުގެ އުއްމީދު އައު ކޮށްފިއެވެ.
ގުރޫޕް އޭގައި ހިމެނޭ ކުނބުރުދޫ ސްކޫލުގެ ތިން ވަނަ މޮޅު ހޯދީ އިއްޔެ ހަވީރު ހުރަވީ ސްކޫލުގެ މައްޗަށް ފަސޭހަ ކަމާއެކު ކުރި ހޯދައިގެންނެވެ. ކުނބުރުދޫ ސްކޫލުން ސެޓުތައް ގެންދިޔައީ 8-25 އަދި 7-25 ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކުނބުރުދޫ ސްކޫލްގެ ޖަރޒީ ނަމްބަރު 11 މުޙައްމަދު އިކްރާމް އިސްމާއިލް ރަޝީދެވެ.
ގުރޫޕް ބީން އިމާދުއްދީނުގެ މައްޗަށް އދ. އަތޮޅު މަދަރުސާއިން ކުރި ހޯދީވެސް ފަސޭހަ ކަމާއެކު ތަފާތު ބޮޑުކޮށެވެ. ސެޓުތައް ގެންދިޔައީ 4-25 އަދި 11-25 ގެ ތަފާތަކުންނެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އދ. އަތޮޅު މަދަރުސާގެ ޖާރޒީ ނަމްބަރު ޝައިހާން ޝާހީނެވެ.
advertisment
ހިޔާލު