އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް: ތިން މެޗްވެސް ފ. އަތޮޅު މަދަރުސާއިން ގެންދިޔައީ ސީދާ ދެ ސެޓުން

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ފ. އަތޮޅު މަދަރުސާއިން ކުޅުނު ތިން މެޗުން ވެސް މޮޅުވެއްޖެއެވެ.
އިއްޔެ ހަވީރު ކުޅުނު 16 އަހަރުން ދަށުގެ މެޗްގައި މަޖީދިއްޔާ އެ ސްކޫލުން ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެޓީމުން ސެޓްތައް ގެންދިޔައީ 27-7 އަދި 25-14 އިންނެވެ. މޮޅު ކުޅުންތެރިއަކީ ފ. އަތޮޅު މަދަރުސާގެ އަޒާން ފަތުހުﷲއެވެ.
ރޭ ކުޅުނު ސާދަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ފ. އަތޮޅު މަދަރުސާ މޮޅުވީ ކެޔޮދޫ ސްކޫލާ ދެކޮޅަށް ކުޅެ ސެޓްތައް ގެންދިޔައީ 25-12 އަދި 25-13 ގެ ނަތީއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ އިކާން ޢަބްދުލް ޣައްފާރެވެ.
ފ. އަތޮޅު މަދަރުސާ އިން ދެން ކުޅުނީ 16 އަހަރުން ދަށުގެ އަންހެން ކުދިންގެ އުމުރުފުރައިގައި، އިމާދުއްދީން ސްކޫލާއެވެ. މި މެޗް ވެސް ގެންދިޔައީ ސީދާ ދެ ސެޓުންނެވެ. އެއީ 25-14 އަދި 25-13 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ފ.އަތޮޅު މަދަރުސާގެ އީމާން އަލީއެވެ.
އިއްޔެ ހަވީރާއި ރޭގައި އަށް މެޗް ކުޅުނެވެ.
16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ އުމުރުފުރައިގައި ދަނގެތީ ސްކޫލާއި އިމާދުއްދީން ސްކޫލް ބައްދަލުކުރި މެޗް ކާމިޔާބު ކުރީ ދަނގެތީ ސްކޫލްގެ ޓީމުންނެވެ. ދެ ސެޓުން މި މެޗް ގެންދިޔައީ ދަނގެތީ ސްކޫލުންނެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ދަނގެތީ ސްކޫލުގެ އަލީ އަރުސަމް ހަސަންއެވެ. މި އުމުރުފުރައިގައި ތާޖުއްދީނާއި ވ. އޭއީސީ ބައްދަލުކުރި މެޗުން މޮޅުވީ ވ. އޭއީސީއެވެ. މޮޅު ކުޅުންތެރިޔަކީ އިސްމާއިލް އީތާން ހާދީއެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ އުމުރުފުރައިގައި ތާޖުއްދީނުގެ މައްޗަށް ކުރި ހޯދީ މުޙްޔިއްދީން ސްކޫލުންނެވެ. ފުރަތަމަ ދެ ސެތް ދެމީޓުން ހޯދުމުން ފަހު ސެޓް މުޙްޔިއްދީން ސްކޫލުން ގެންދިޔައީ 10-15 ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ މުޙްޔިއްދީނުގެ މުޙައްމަދު ނެޔީލް ފައިޒަންއެވެ.
16 އަހަރުން ދަށުގެ އަންހެން ކުދިންގެ އުމުރުފުރައިގައި ކުނބުރޫ ސްކޫލާއި ކ. އޭއީސީ ކުޅުނު މެޗް ކުނބުރޫ ސްކޫލުން ގެންދިޔައީ ފަސޭހަކަމާއެކުގައެވެ. ފުރަތަމަ ސެޓް 25-17 އަދި ދެވަނަ ސެޓް ހޯދީ 25-15 އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކުނބުރުދޫ ސްކޫލުގެ ފާތިމަތު ފައިހާ މުޙައްމަދެވެ.
ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ އުމުރުފުރައިގައި ކުނބުރޫ ސްކޫލާއި ކަލާފާނު ސްކޫލް ކުޅުނު މެޗް ދެ ސެޓުން މޮޅުވީ ކުނބުރުދޫ ސްކޫލެވެ. މި މެޗްގެ މޮޅުކުޅުންތެރިޔަކީ ކުނބުރޫ ސްކޫލުގެ މުޙައްމަދު އިކްރާމް އިސްމާއިލް ރަޝީދެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *