ކުޅުދުއްފުށީގައި ބޭއްވި މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2023 އެންމެ މޮޅު އެތްލީޓްކަން ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އިބްރާހިމް ނާހިލް ނިޒާރު ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަން އަންހެން ޓީމަކީ ޖަލާލުއްދީން ސްކޫލެވެ. ފިރިހެން ޗެމްޕިއަން ޓީމަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެނެވެ.


މުބާރާތް ނިންމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. މި މުބާރާތުގައި 35 ޓީމަކުން 1100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ، 37 ރެކޯޑެއް ހަދާފައިވެއެވެ. މުބާރަތުގެ އަންހެނުންގެ ބައިން ޗެމްޕިއަންކަން ހޯދި ޖަލާލުއްދީން ސްކޫލުން ހަތް ރެކޯޑެއް ހެދިއެވެ. އޭގެ ތެރެއިން އެއްވަނަ އެތްލީޑްގެ މަގާމް ހޯދި އަހުނާ ނިޒާރު ވަނީ 17 އަހަރުންގެ ދަށުގެ އަންހެނުންގެ ބައިން 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރެކޯޑް ހަދާފައެވެ. 100 މީޓަރު ދުވުމުން އޭނާ ރެކޯޑް ހެދީ 13.36 ސިކުންތުން ނިންމައިގެންނެވެ. 200 މީޓަރު އޭނާ ނިންމީ 27.88 ސިކުންތުންނެވެ.
ޖަލާލުއްދީން ސްކޫލުން ރެކޯޑް ހެދި ދަރިވަރުން:
މަހްރީނާ އަބްދުލް ހަމީދު – ޖަލާލުއްދީން ސްކޫލް ( ޑިސްކަސް / 13 އަހަރުން ދަށް އަންހެން) 17.46 މީޓަރު
މަންހާ އަލީ ޝަރީފު – ޖަލާލުއްދީން ސްކޫލް ( ހައި ޖަމްޕް / ތޭރަ އަހަރުން ދަށް އަންހެން ) 1.22 މީޓަރު
އަހުނާ ނިޒާރު – ޖަލާލުއްދީން ސްކޫލް ( 200 މީޓަރު 17 އަހަރުން ދަށް އަންހެން) 27.88 ސިކުންތު
އާމިނަތު ސާޖިއާ ހަންމާމް ޖަލާލުއްދީން ( ހައިޖަމްޕް 17 އަހަރުން ދަށް ) 1.27 މީޓަރު
އަހުނާ ނިޒާރު – ޖަލާލުއްދިން ސްކޫލް ( 100 މީޓަރު 17 އަހަރުން ދަށް އަންހެން) 13.36 ސިކުންތު
ފާތިމަތު ޔޫލީ ހުސައިން – ޖަލާލުއްދީން ސްކޫލް ( ޝޮޓް ޕުޓް 13 އަހަރުން ދަށް އަންހެން ) 8.85 މީޓަރު
ފިރިހެނުންގެ ބައިން ޗެމްޕިއަންކަން ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ވަނީ މި މުބާރާތުގައި ނުވަ ރެކޯޑެއް ހަދާފައެވެ.
ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ރެކޯޑް ހެދި ދަރިވަރުން:
އައިޝަތު ޝާޔާ ޝަފީއު – ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ( ޑިސްކަސް / 17 އަހަރުން ދަށް އަންހެން) 29.61 މީޓަރު
އިބްރާހިމް ނާހިލް ނިޒާރު – ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ( ލޯންގ ޖަމްޕް /20 އަހަރުން ދަށް ފިރިހެން ) 5.98 މީޓަރު
ފއައިޝަތު ޝާޔާ ޝަފީއު – ޓެރެކް އެންޑް ފީލްޑް އެސީސިއޭޝަން ( ޝޮޓް ޕުޓް 17 އަހަރުން ދަށް އަންހެން ) 10.20 މީޓަރު
ޒު އިޒު މުޙައްމަދު ސައުދު – ޓެރެކް އެންޑް ފީލްޑް އެސީސިއޭޝަން ( 400 މީޓަރު 17 އަހަރުން ދަށް ފިރިހެން ) 53.10
ޒު އިޒު މުޙައްމަދު ސައުދު – ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ( 200 މީޓަރު 17 އަހަރުން ދަށް ފިރިހެން 23.72
ޒީކް އަޝްރަފު ރަޝީދު – ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން (800 މިޓަރު ދުވުން 17 އަހަރުން ދަށް އަންހެން 2:42.71
މުހައްމަދު ނައުފު ނާޒިރު – ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ( ޓްރިޕަލް ޖަމްޕް 15 އަހަރުން ދަށް ފިރިހެން ) 10.90 މީޓަރު
ފާތިމަތު ފާރިހާ ފަޔާޒު – ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ޝޮޓް ޕުޓް 15 އަހަރުން ދަށް އަންހެން ) 9.38 މީޓަރު
ހަނާން އަހުމަދު ޒާހިރު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ( ހައި ޖަމްޕް 17 އަހަރުން ދަށް އަންހެން ) 1.27 މީޓަރު
advertisment
ހިޔާލު