އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ހދ.ކުޅުދުއްފުށީގައި މިއަދު ފަށައިފިއެވެ. މި މުބާރާތުގައި 1150 އެތުލީޓުން ބައިވެރިވެއެވެ.
މި މުބާރާތް މި މަހުގެ ވިހި ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި މި އަހަރު 28 ސްކޫލަކުން ވާދަކުރެއެވެ. އަދި ހަތް ކުލަބު ޖަމިއްޔާތަކުން ވެސް ބައިވެރިވެއެވެ. ހަތަރު ޢުމުރު ފުރައަކަށް ޚާއްސަކޮށްފައިވާ މި މުބާރާތުގައި 105 އިވެންޓް ކުރިއަށް ގެންދާނެއެވެ.
މިދިޔަ އަހަރު މި މުބާރާތް ބޭއްވީ ގދ. ތިނަދޫގައެވެ.
މި މުބާރާތުގައި ހއ، ހދ، އަދި ރ އަތޮޅުގެ 22 ސްކޫލަކުން ބައިވެރިވިއެވެ. ރ. އަތޮޅުންނާއި ދ. އަތޮޅުން ބައިވެރިވީ ކޮންމެ އަތޮޅަކުން އެއް ސްކޫލަކުންނެވެ. ރ. އަތޮޅުން ރަސްމާދޫ ސްކޫލުން ބައިވެރިވިއިރު، ދ. އަތޮޅުން އެ އަތޮޅު މަދަރުސާއިން ބައިވެރިވިއެވެ. އއ. އަތޮޅުން ހިމަންދޫ ސްކޫލާއި އުކުޅަހު ސްކޫލް ވެސް މި މުބާރާތުގައި ވާދަ ކުރެއެވެ. ދެން ބައިވެރިވީ އައްޑޫ ސިޓީން އައްޑޫ ހައި ސްކޫލާއި ޝަރަފުއްދީން ސްކޫލުންނެވެ.
advertisment
ހިޔާލު