31 ޓީމާއެކު އެމްއެންޔޫއެސްޔޫގެ ފުޓްސަލް ފިއެސްޓާ ބުރާސްފަތު ދުވަހުގެ ރޭ ފަށަން ތައްޔާރުވެއްޖެއެވެ. މިއީ ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ޚާއްސަކޮށްގެންގެން އެމްއެންޔޫއެސްޔޫއިން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. ފިރިހެން ޑިވިޒަންގައި 18 ޓީމް، އަންހެން ޑިވިޒަންގައި 13 ޓީން ވައިވެރިވެފައިވެއެވެ. ކޮންމެ ޑިވިޒަނެއްގެ ކުޅުން ކުރިއަށް ގެންދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.
މި މުބާރާތުގައި ފިރިހެނުންގެ ޑިވިޒަންގައި މި އަހަރު ބައިވެރިވީ:
- ސްކޫލް އޮފް މެޑިސިން،
- ކްލިކް ކޮލެޖު،
- ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް،
- މޯލްޑިވްސް ބިޒްނަސް ސްކޫލް،
- އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
- ފެކަލްޓީ އޮފް އެޑިއުކޭޝަން،
- އެމް.އެން.ޔޫ ބިޒްނަސް ސްކޫލް،
- ވިލާ ކޮލެޖު،
- ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް،
- މޯލްޑިވްސް ޕޮލިޓެކްނިކް
- އެމް.އައި ކޮލެޖު،
- ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ،
- ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ،
- ފެކަލްޓީ އޮފް އާރޓްސް
- ސައިރިކްސް ކޮލެޖު،
- ފެކަލްޓީ އޮފް ހެލްތު ސައިންސަސް،
- ސްކޫލް އޮފް ނާރސިންގ،
- މެޕްސް ކޮލެޖު
އަންހެން ޑިވިޒަންގައި ބައިވެރިވީ:
- އެމް.އައި ކޮލެޖު،
- އެމްއެންޔޫ ބިޒްނަސް ސްކޫލް،
- ސައިރިކްސް ކޮލެޖު،
- ފެކަލްޓީ އޮފް އާރޓްސް
- ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް،
- ވިލާ ކޮލެޖު،
- ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
- ފެކަލްޓީ އޮފް ހެލްތު ސައިންސަސް،
- ސްކޫލް އޮފް ނާރސިންގ،
- މޯލްޑިވްސް ބިޒްނަސް ސްކޫލް
- ކްލިކް ކޮލެޖު،
- ފެކަލްޓީ އޮފް އެޑިއުކޭޝަން،
- ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް
މި މުބާރާތް އެންމެ ފުރަތަމަ ފެށީ 2013 ވަނަ އަހަރުގައެވެ. އޭރި ބާއްވަމުން އަންނަނީ އަންހެން ދަރިވަރުންނަށް އެކަންޏެވެ. އަންހެން ޑިވިޒަން އިތުރުކޮށްގެން މުބާރާތް ބާއްވަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ.
advertisment
ހިޔާލު