ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތަޢުލީމީ ބިލަށް ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދަން ބައްދަލުވުން ތަކެއް ބާއްވަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.
އެ މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ތައުލީމީ ބިލާ ގުޅުން ހުރި މައިގަނޑު ހަތަރު ބައެއްގެ ޚިޔާލު ހޯދާނެއެވެ. ޚިޔާލާއި މަޝްވަރާ ހޯދަނީ ތައުލީމީ ދާއިރާގެ ފުންނާބުއުސް ފަރާތްތަކާއި، މިހާރު ޚިދުމަތުގައި ތިއްބެވި ޕްރިންސިޕަލުންނާއި މުދައްރިސުންނާއި ދަރިވަރުންންގެ އިތުރުން ބެލެނިވެރިން ތަމްސީލު ކުރަމުންދާ ސްކޫލްތަކުގެ ޕީޓީއޭއާއި ސްކޫލް ބޯޑްތަކުގައެވެ.

އިއްޔެ ވަނީ ތައުލީމީ ބިލާ ގުޅޭގޮތުން ދަރިވަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ބައްދަލުވުން ބާއްވާފައެވެ. މި ބައްދަލުވުންތައް އަންނަ ބުރާސްފަތި ދުވަހުގެރެއާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
" މި ބައްދަލުވުން ތަކުން ލިބޭ ޚިޔާލާއި މަޝްވަރާތައް އަޅުގަނޑުމެން ފޮނުވާނީ މަޖިލީހަށް" އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އާތިޔާ ނަޞީރު ވިދާޅުވިއެވެ.
ތަޢުލީމީ ބިލަކީ ރާއްޖޭގައި ތަޢުލީމް ދިނުމާ ގުޅޭ އެންމެހާ ކަންތައްތައް އެކަށައަޅައި ދައުލަތުގެ މައްޗަށާއި މައިންބަފައިންގެ މައްޗަށް ކަންތައްތަކެއް ކުރަން ނާޒިމް ކޮށްފައިވާ ބިލެކެވެ.
advertisment
ހިޔާލު