އަހުމަދިއްޔާއަށް ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަން ކޮށްފި

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 38 އަހަރު ފުރުމާ ގުޅުވައިގެން އެ ސްކޫލަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރި މުވައްޒަފުންނަށް ޚިދުމަތުގެ ލިޔުން ދީފިއެވެ.

ރޭ އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންނާއި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރި 47 ފަރާތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

އޯލެވެލްއާއި އެލެވެލްގެ އެންމެ ކާމިޔާބު ސްކޫލްތަކުގެ ތެރޭގައި ހިމެނޭ އަހުމަދިއްޔާގައި 2900 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. މިހާރު އެ ސްކޫލްގައި ޕްރީ ސްކޫލް އުމުރުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *