ޣާޒީ ސްކޫލްގެ ސްކައުޓުން ފެންފުޅި ހަދިޔާ ކޮށްފި

ޣާޒީ ސްކޫލްގެ ސްކައުޓުން އެ ސްކޫލަށް ފެންފުޅި ހަދިޔާ ކޮށްފިއެވެ.

އެ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި ސްކައުޓުން ފެންފުޅި ހަދިޔާ ކުރީ އެ ސްކޫލްގެ އެކިއެކި އިވެންޓް ތަކުގައި ބޭނުންކުރުމަށެވެ. ސްކައުޓުން ހަދިޔާ ކޮށްފައި ވަނީ ފެންއަޅާ 30 ފުޅިއެވެ.

" ސްކޫލްގެ ހަރަކާތްތައް ކުރިއަށް ދާއިރު، ބޭނުން ކުރަން ފެންފުޅިތައް ހަދިޔާ ކުރީ" ޢާޒީ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް މުޙަންމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ގޮތުން އެ ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނަށް ހުސްވި އަހަރު ޕީޓީއޭއިން ފެންފުޅި ފޯރުކޮށްދީފައިވާ ކަމަށެވެ. ދަރިވަރުންނާއި މުދައްރިސުންނަށް ފަސޭހައިން ފެން ލިބޭނެ ގޮތަށް، އެ ސްކޫލްގެ ކޮންމެ ފަންގިފިލާއެއްގައި ފިލްޓަރކުރި ފެން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *