ކަލާފާނު ސްކޫލްގެ ކޮންސެޓްގައި ދަރިވަރުންގެ ހުނަރު ދައްކާލައިފި

ކަލާފާނު ސްލޫލްގެ އަހަރީ ކޮންސެޓް" ސްޕާކްލްސް" ރޭ ނިންމާލީ އެތަކެއް ސަތޭކަ ކުދިންގެ ހުނަރު ދައްކާލުމަށް ފަހު އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ކޮންސެޓްގެ ފަސް ޝޯވ ވަނީ ބާއްވާފައެވެ. ކަލާފާނު ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި ގްރޭޑް އެކަކުން ދިހައެއްގެ ކުލާސްތަކުން 833 ދަރިވަރުން ބައިވެރިވިއެވެ.

މި ކޮންސެޓްގައި، ޑްރާމާ، ޑާންސް، ހެއްވާ މަޖާ، އިބްރަތްތެރި އެތަކެއް އައިޓަމްތަކެއް ހުށަހަޅައިދިނެވެ. " މިއިން ކޮންމެ އައިޓަމަކުންވެސް އެކުދިން ދައްކުވައިދިނީ ހުނަރާއި ގާބިލްކަން" ކަލާފާނު ސްކޫލްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް ކަލާފާނު ސްކޫލުން ދަރިވަަރުންގެ ހުނަރު ދައްކާލަން ކޮންސެޓް ބޭއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *