ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް، މަޖީދިއްޔާގެ ކެޑޭޓްގެ ޚިދުމަތް ފެށިތާ 75 އަހަރު ފުރޭ އަލިމަސްޔޫބީލް ފާހަގަކުރަން ތައްޔާރުވާން ފަށައިފިއެވެ. އެ އެ ސްކޫލްގެ ކެޑޭޓްކޯއަށް 75 އަހަރު ފުރޭނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ.
މި ދުވަސް ފާހަގަކުރަން މަޖީދިއްޔާ ސްކޫލުން ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އެ ސްކޫލްގެ ކެޑޭޓުންގެ ގޮތުގައި ހަރަކާތްތެރިވި ބޭފުޅުންނާއި ބޭންޑްގައި މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މަޖީދިއްޔާ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި ދުވަހާ ގުޅޭ ޚާއްޞަ އެސަމްބްލީއެއް ބާއްވަން ވަނީ ނިންމާފައެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ކެޑޭޓްގައި ހަރަކާތްތެރިވި ބޭފުޅުން ނަންނޯޓް ކުރުމުގެ ހަރަކާތްތަކެއް ވަނީ ހެދިގޮނޑުދޮށުގައި ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން ކުރީގެ ކެޑޭޓުން މާޗް ހަރަކާތްތައްވެސް ވަނީ ދައްކާލާފައެވެ.
މި ހަރަކާތް ކުރިއަށް ގެންދަނީ މަޖީދިއްޔާގެ ބޭންޑްގެ ކުރީގެ ދަރިވަރުން އުފައްދާފައިވާ " އަންބާ" އާ ގުޅިގެންނެވެ.
advertisment
ހިޔާލު