ސިންގަޕޫރުގެ އެގްޒަމިނޭޝަން ބޯޑުން ބްރައިޓްވޭ އެކްރެޑިޓްކޮށްފި

ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، ސިންގަޕޫރުގެ އެގްޒަމިނޭޝަން އެންޑް އެސެސްމަންޓް ބޯޑުން އެކްރެޑިޓްކޮށްފިއެވެ. މިއީ ރާއްޖޭގެ ސްކޫލެއް ސިންގަޕޫރުގެ އެގްޒަމިނޭޝަން ބޯޑުން އެކްރެޑިޓްކުރި ސައުތު އޭޝިޔާގެ ފުރަތަމަ ސްކޫލެވެ. ސިންގަޕޫރުން ބޭރުގައި އެކްރެޑިޓް ކުރި 19 ވަނަ ސެންޓަރެވެ.

އެކްރެޑިޓް ކުރިކަމުގެ ލިޔުމާ ހަވާލުވެ ވަޑައިގެންނެވީ ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދުއެވެ.

މެލޭޝިޔާގައި ހުންނަވައި މޫސަ ވިދާޅުވީ ސިންގަޕޫރުގެ އެގްޒަމިނޭޝަން ބޯޑުން އެކްރެޑިޓް ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އެއީ ފެންވަރު ރަނގަޅު ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށް ދިނުމަށް ލިބިގެން ދިޔަ ހިތްވަރެއް ކަމަށެވެ.
" މީގެ ސަބަބުން އަޅުގަނޑުމެންނަށް ސްކޫލްގެ ކިޔަވައިދިނުމުގެ ފެންވަރު ބޮޑުތަނުން ކުރިއަރައިދާނެ. އަދި ސްކޫލްގެ މުވައްޒަފުންގެ ކުރިއެރުމަށް ފަހި ފުރުޞަތު ތަކެއް ލިބިގެންދާނެ" މޫސަ ވިދާޅުވިއެވެ.

ސިންގަޕޫރުގެ އެގްޒަމިނޭޝަން ބޯޑުން ބްރައިޓްވޭ އެކްރެޑިޓް ކުރީ އެ ބޯޑްގެ އިސްވެރިން އެ ސްކޫލަށް ޒިޔާރަތްކުރައްވައި ހެއްދެވި އޮޑިޓަށްފަހުއެވެ. އޮޑިޓް ކުރުމުގައި އެ ބޯޑުން ބެލި ކަންތައްތަކުގެ ތެރޭގައި ކިޔަވައިދޭ ގޮތާއި، ކުލާސްތެރޭގައި ހުރި ވަޞީލަތްތަކާއި، ކިޔަވައިދޭން ބޭނުންކުރާ ވަޞީލަތްތަކުގެ އިތުރުން ތަނުގެ އިންފްރާސްޓްރަކްޗަރއާއި މުދައްރިސުންގެ ގާބިލްކަން ހިމެނެއެވެ.
ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވައިދެމުން މިހާރުވެސް ގެންދަނީ އިރުޝާދު ޓްރަސްޓް ލިމިޓެޑާ ގުޅިގެންނެވެ. އަދި ބޭނުން ކުރަނީވެސް އެގައުމުގެ މާޝަލް އެންޑް ކެވެންޑިޝްގެ ފޮތްތަކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *