ކ. ގުރައިދޫ ސްކޫލްގައި ހުޅުވި ލައިބްރަރީއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މިއީ ޒަމާނީ ޚިދުމަތް ތަކާއި ފޮތް ކިޔާނެ ހިތްގައިމު މާހައުލެއް ހިމެނޭ ގޮތަށް ގާއިމް ކުރި ރާއްޖޭގެ ފުރަތަމަ ލައިބްރަރީއެވެ.
އެއް ފަހަރާ 35 ކުދިންނަށް ޚިދުމަތް ދެވޭ މި ލައިބްރަރީގައި ފޮތް ކިޔުމުގެ އިތުރުން ދިރާސާ ކުރަން އިންޓަރނެޓްގެ ބޭނުން ހިފޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
" ފޮތް ކިޔުމުގެ އިތުރުން ދިރާސާ ކުރުމަކީވެސް ކިޔެވުމުގެ މުހިންމު ބައެއް. ދިރާސާ ކުރާނެ ވަޞީލަތްތައްވެސް ވަނީ ގާއިމް ކުރެވިފައި. މި ލައިބްރަރީގެ ސަބަބުން ކުދިންގެ އިލްމީ ފެންވަރު ކުރިއަށް ގެންދެވޭނެ" ގުރައިދޫ ސްކޫލްގެ ލީޑިންގ ޓީޗަރު، އަލީ އާރިފު ވިދާޅުވިއެވެ.
ގުރައިދޫ ސްކޫލާއި ރަށު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ލައިބްރަރީގެ މަސައްކަތް ނިންމަން 700،000ރ ޚަރަދުވެފައިވެއެވެ. މިހާރު ގުރައިދޫ ސްކޫލްގެ ދަރިވަރުން ދަނީ އެ ލައިބްރަރީގެ ބޭނުން ހިފަމުންނެވެ.
އާ ލައިބްރަރީ އިމާރާތް ކުރީ ކުރިން ބޭނުން ކުރަމުން އައި ލައިބްރަރީ ބާވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން ކަމަށް ގުރައިދޫ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު