ނާސާގެ ސެޓްލައިޓް މެދުވެރިކޮށް ފޮޓޯނެގުމުގެ ޕްރޮޖެކްޓް ބުރާސްފަތި ދުވަހު ޣިޔާސުއްދީނުން ފަށަނީ

ޣިޔާސުއްދީނުގެ ސްޕޭސް އެޑިއުކޭޝަން ޕްރޮގްރާމުގެ ދަށުން ނާސާގެ ސެޓްލައިޓް މެދުވެރިކޮށް ފޮޓޯނެގުމުގެ ޕްރޮޖެކްޓް އަންނަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިއީ އިންސްޓިއުޓް ފޯރ ގްލޯބަލް ސްކްސަސް(އައިޖީއެސް) އާ ގުޅިގެން ޣިޔާސުއްދީން ސްކޫލުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ނާސާގެ ސެޓްލައިޓް މެދުވެރިކޮށް ފޮޓޯ ނަގާނެ ގޮތުގެ މައުލޫމާތު މިއަދު ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ. މައުލޫމާތު ދިން ބައްދަލުވުމުގައި ޣިޔާސުއްދީން ސްކޫލުން ވަނީ މާލޭގެ އަށް ސްކޫލަކުން 18 ދަރިވަރުން ބައިވެރިކޮށްފައެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އައިޖީއެސް ގެ ސިއީއޯ ރިފުއަތު މުޙަންމަދުއެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ޕްރޮގްރާމްތައް ޣިޔާސުއްދީން ސްކޫލްގައި ފެށުމަށް ނިމިގެން ދިޔަ ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ

ނެކްސްޓް ޖެނަރޭޝަން ސައިންސް ސްޓޭންޑަޑްސް އަށް ފެތޭގޮތަށް ނާސާއިން ތައްޔާރުކޮށްފައިވާ މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން އަންހެނަކާއި ފިރިހެނަކު ހަނދަށް ފޮނުވުމަށް ނާސާއިން ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ..

މިއީ ސްޕޭސް ސައިންސް ކުރިއެރުވުމަށް ރާއްޖޭގައި ފެށި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *