ކޮންމެ ޓާމަކު އެއް ދުވަސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ޕީޑީ) ގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެ ދުވަހު މުދައްރިސުން ތާޒާ ކުރުމަށް ސްކޫލްގެ ހަތަރުފާރުން ބޭރުވެ، އިސްކަންދަރު ސްކޫލުން ދިޔައީ ހިންމަފުއްޓަށެވެ. އެ ރަށުގައި ކުރިއަށް ގެންދިޔަ ހުރިހާ ހަރާކާތެއްގައި ހިންމަފުށީ ސްކޫލްގެ ޓީޗަރުން ވެސް ވަނީ ބައިވެރިވެފައެވެ.
އާންމު ގޮތެއްގައި ހުރިހާ ސްކޫލެއްގައި ވެސް މުދައްރިސުން ތާޒާ ކުރުމަށް ޕްރޮގްރާމް ހިންގަނީ ސްކޫލްގެ ތެރޭގައެވެ.
އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ސަޢީދު މުޙަންމަދު ވިދާޅުވީ އާންމު މާހައުލުން ބޭރުގައި މުދައްރިސުންނަށް މިފަދަ ޕްރޮގްރާމެއް ހިންގުމުން، ޝަޢުޤުވެރިކަން އިތުރުވެގެން ދިޔަ ކަމަށެވެ. އަދި އޭގެ ފައިދާ ވެސް ފެނިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

" ހިންމަފުށީގައި މި ސެޝަން ކުރިއަށް ގެންދިޔައީ ތިޔަރީތަކަށް ބޭސް ކުރުމަށްވުރެ ބޮޑަށް އަމަލީ ގޮތުން ކުރަންޖެހޭ ކަންތައްތަކަށް އިސްކަންދީގެން. ޓީމް ބިލްޑްކުރާނެ ގޮތާއި މަސައްކަތަށް ފޯކަސް ކުރާނެ ގޮތް އަމަލީ ގޮތުން އެންމެން ބައިވެރިކޮށްގެން ގެންދިޔައީ." ޙުސައިން ވިދާޅުވިއެވެ. " ސްކޫލެއްގެ ކާމިޔާބީއަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ އިރު، މޯޓިވޭޝަންއަކީ ވަރަށް މުހިންމު އެއްޗެއް"

އޭނާ ވިދާޅުވީ ސްކޫލު ހަތަރު ފާރުން އެތެރޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔައިރު، އަބަދުވެސް އިވެނީ އެއް ވާހަކައެއް، އެއް ކަހަލަ ކަންތައްތަކެކެވެ. މިފަހަރު ތަފާތު ކޮށްލުމުން އޭގެ ހެޔޮ ބަދަލު މުދައްރިސުންގެ ފަރާތުން ފެނިގެން ދިއުމަކީ މި ޕްރޮގްރާމް އިތުރަށް ފުޅާކުރަން ލިބުނު ހިތްވަރެއް ކަމަށެވެ.
" އަޅުގަނޑުމެން މިހާރު ބޭނުންވަނީ މިފަދަ ޕްރޮގްރާމްތައް ސްކޫލާއި، މާލެއިން ބޭރުވެ، ކޮންމެވެސް ރަށެއްގައި ސްކޫލަކާ ގުޅިގެން ކުރިއަށް ގެންދަން. މިގޮތަށް ހެދުމުން ދެ ފަރާތަށް ވެސް އޭގެ ފައިދާ އެބަކުރޭ" ޙުސައިން ވިދާޅުވިއެވެ.
ހިންމަ ފުށީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި މައުލޫމާތު ދެއްވަން ފަންނީ ބޭފުޅުން މާލެއިން ވަޑައިގެންނެވިއެވެ. އަދި އިސްކަންދަރު ސްކޫލްގެ 140ށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މުދައްރިސުން ހިމެނެއެވެ.
advertisment
3 Responses
ޙުސައިން އަކީ ގަދަ ފޯވާޑެއް ޙުސައިން އާއި އެޑިޔުކޭޝަން ވެސް ޙަވާލު ކުރަން ފެނޭ.
ޙުަސައިން ވަރެއްނެތް ހުރިހާ ސްކޫލުތައް ޙުސައިންގެ ދަށުން ހިންގަން ރަނގަޅު. މިނިސްޓަރ ކަންވެސް
ހުސެއިން ސައީދަކީ ހިންގުންތެރި ހަރުދަނާވެރިއެއް އިސްކަންދަރު ސުކޫލަށް މުޖުތަމައުން ލިބޭ ގަދަރަކީ ހުސއިންގެ މިންނެތި މަސައްކަތް. އިސްކަންދަރު ސުކޫލް ޓީޗަރުންނަކީ އެއްބައިވަންތަ ބައެއް. މިއީ އެއްޓީމެއް. އަބަދުވެސް މެނޭޖްމެންޓަށް އިހްތިރާމްކުރާބައެއް. ކިޔަވައިދިނުމުގައި އަވަދިނެތި ދަރިވަރުންގެ ކުރިމަގަށް އިސްކަންދޭ ބައެއް