އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް އަންނަ އާދީއްތަ ދުވަހު ފަށާއިރު، އެ މުބާރާތުގައި 47 ސްކޫލަކުން ބައިވެރިވެއްޖެއެވެ.
މި މުބާރާތުގައި 1،495 ދަރިވަރުން ތަފާތު އިވެންޓް ތަކުގައި ވާދަކުރާނެއެވެ. މި މުބާރާތުގައި މާލެއިން ބައިވެރިވީ 22 ސްކޫލަކުންނެވެ. ދެން ބައިވެރިވީ އައްޑޫގެ ނުވަ ސްކޫލަކުންނާއި ކުޅުދުއްފުށީގެ ތިން ސްކޫލަކުންނާއި އެހެން އަތޮޅު ތަކަށް ނިސްބަތްވާ 13 ސްކޫލަކުންނެވެ.
މި މުބާރާތް މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.
މިދިޔަ އަހަރުގެ ބޭއްވި މި މުބާރާތުން އެންމެ ރަނގަޅު ކާމިޔާބެއް ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒާއި ފުވައްމުލަކުގައި ހުންނަ މުހައްމަދު ޖަމާލުއްދީން ސްކޫލުންނެވެ.
advertisment
ހިޔާލު