ގއޭޝިޔާ ޔޫތް މުބާރާތުގައި އަންހެނުންގެ ސަތޭކަ މީޓަރު ދުވުމުގެ ޤައުމީ ޔޫތް ރެކޯޑް ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ގުރޭޑް 9ގެ ދަރިވަރު އަހްނާ ނިޒާރު މުގުރާލައިފިއެވެ.
15 އަހަރުގެ އަހްނާ މި ރެކޯޑް މުގުރާލީ އުޒްބެކިސްތާންގެ ޓަޝްކެންޓްގައި ކުރިއަށްދާ އޭޝިއާގެ ޔޫތު މުބާރާތުގައެވެ. ސެމީ ފައިނަލުގައި 100 މީޓަރު ދުވުން އަހްނާ ނިންމީ 12.50 ސިކުންތުންނެވެ. އަހްނާ މުގުރާލީ މީގެ ހަތް މަސް ކުރިން ކުވޭތުގައި ބޭއްވި އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު އެތުލެޓިކްސް މުބާރާތުގައި މަރިޔަމް ރޫޔާ އަލީ ހެދި ރެކޯޑެވެ. އޭނާގެ ރެކޯޑަކީ 12.52 ސިކުންތެވެ.
ހީޓް ހައެއްގައި ނިންމައިހެން ޤައުމީ ރެކޯޑް އަހްނާ މުގުރާލި ނަމަވެސް އެ އިވެންޓްގް ފައިނަލަށް ދިއުމުގެ ފުރުޞަތު އޭނާއަށް ނުލިބެއެވެ. އަހުނާ ދުވި 100 މީޓަރު ދުވުމުން އެއްވަނަ ހޯދީ 11.99 ސިކުންތުން ރޭސް ނިންމައިގެން އިންޑިއާގެ އަބިނަޔާ ރާޖަރާޖަންއެވެ.
އަހުނާން ވަނީ އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ވެސް ރެކޯޑެއް ހަދާފައެވެ. އެފަހަރު އޭނާ ރެކޯޑް ހެދީ 60 މީޓަރު ދުވުން ހީޓު ދޭއްގައި 7.89 ސިކުންތުން ނިންމައިގެންނެވެ. އަހުނާން އެ ރެކޯޑް ހެދިތާ ދިހަ ވަރަކަށް މިނެޓް ތެރޭގައި ޖެހިގެން އޮތް ހީޓްގައި ރޫޔާ ވަނީ އެ ރެކޯޑް 7.66 ސިކުންތުން ނިންމައި ރެކޯޑް މުގުރާލައިފައެވެ.
advertisment
ހިޔާލު