ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭއާ ހަވާލުކޮށްފިއެވެ. އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަން އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއެކު، ވަށާޖެހޭ ތައުލީމެއް ދެވޭ، އެއް ދަންފަޅިއަށް ހިންގޭނެ ފުރަތަމަ މޮޑެލް ސްކޫލެވެ.
ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް 364 ދުވަހުގެ ތެރޭގައި ނިންމަން އެސްޖޭއިން ހުށަހަޅާފައި ވަނީ 74 މިލިއަން ރުފިޔާއަށެވެ. އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ އެޕްރީލްއަށް ނިމި، ޖެހިގެން އަންނަ ދިރާސީ އާ އަހަރުގެ ކިޔެވުން އެ އިމާރާތުގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގައި ހުންނާނީ 41 ކުލާސް ރޫމެވެ. ކުލާސް ރޫމެއްގައި ތިބޭނީ 25 ކުދިންނެވެ. 1000 ކުދިންގެ އާބާދީއަކަށް މި ސްކޫލް ހިންގާއިރު، ޕްރައިމަރީއާއި ސެކަންޑަރީއަށް ވަކިން ލައިބްރަރީއެއް ހުންނާނެއެވެ.
ދަރުމަވަންތަ އައު ސްކޫލްގެ އިތުރުން ހުޅުމާލޭ ފޭސް-2 ގައި އަޅަން ހަމަޖެހިފައިވާ އައު ސްކޫލް ގެ ޑިޒައިން މަސައްކަތްވެސް މިމަހު ފަހުކޮޅު ނިމި އިޢުލާނު ކުރެވޭނޭ ކަމަށް ލަފާކުރެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
advertisment
ހިޔާލު