މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ތުރާކުނު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް

ހއ. ތުރާކުނު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގެ ތުރާކުނު ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލުކުރަންޖެހޭ ސަބަބުތަކާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައެވެ. މީގެއިތުރުން އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ތުރާކުނު ސްކޫލާއި ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަން އަދި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ މިސެޝަންގައި އެސްކޫލުގެ ގްރޭޑް 8،9 އަދި 10 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *