ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް، އިއްޒުއްދީން ސްކޫލް މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ސްކޫލް ހުޅުއްވައި ދެއްވީ މިއަދު އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިއްޒުއްދީން ސްކޫލަކީ ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި އެއް ދަންފަޅިއަށް މާލޭގައި ހުޅުވި ފުރަތަމަ ސްކޫލެވެ. މި ސްކޫލްގައި މި އަހަރު ކިޔަވައިދެމުން ގެންދަނީ ގްރޭޑް އެކަކުން ހަޔަކަށެވެ.
މިއަދު މި ހުޅުވުނު ޢިއްޒުންދީން ސްކޫލާއެކު، ސަރުކާރުގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ މުޅިން އައު މަރުޙަލާއެއް ފެށިގެންދާނެ ކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ.

މި އަހަރު އެ ސްކޫލްގައި 300 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
އިއްޒުއްދީން ސްކޫލުގެ ނަން ނިސްބަތްވަނީ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވި އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.
advertisment
ހިޔާލު