އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް: ޗެމްޕިއަންކަން އިސްކަންދަރު، ޣިޔާސުއްދީން، ތާޖުއްދީން، ވިލާހައި އަށް

23 ވަނަ އިންޓަރ ސްކޫލް ނެޓްބޯޅަ ޓޯނަމަންޓްގެ ވަނީ ފޯރިއާއެކު ނިންމާލާފައެވެ.

ހަތަރު އުމުރު ފުރައަކަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ތޭރަ އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި، އިސްކަންދަރު ސްކޫލެވެ. އެ ސްކޫލް ޗެމްޕިއަންކަން ހޯދީ ޣިޔާސުއްދީނާ ބައްދަލުކޮށް އެންމެ ޕޮޓެއްގެ ތަފާތުންނެވެ. ޣިޔާސުއްދީނުން 17 ޕޮއިންޓް ހޯދިއިރު، އިސްކަންދަރުން 18 ޕޮއިންޓް ހޯދިއެވެ.

13 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިޝަތު ކަރިން ސައިޒަންއެވެ. މި ޢުމުރު ފުރައިގެ އެންމެ މޮޅު ކޯޗަކީވެސް އިސްކަންދަރުގެ އައިޝަތު ރީމާއެވެ. މި މުބާރާތުގައި 17 އަހަރުން ދަށުގެ ތިން ކެޓަގަރީގައި ވެސް ފައިނަލްގައި ކުޅުނު ހަމައެކަނި ޓީމަކީ އިސްކަންދަރު ސޫލެކެވެ.

 

15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލާ ވާދަކޮށް ޣިޔާސުއްދީން ސްކޫލުންނެވެ. 60-98 ޕޮއިންޓްގެ ތަފާތަކުން ޣިޔާސުއްދީން ކުރި ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޣިޔާސުއްދީނުގެ މަރިޔަމް މަލާކު މުޙައްމަދު ޝިފާނެވެ. މި ޢުމުރު ފުރައިގެ އެންމެ މޮޅު ކޯޗަކީ ވެސް ޣިޔާސުއްދީން ސްކޫލްގެ އައިޝަތު ރީމާއެވެ.

17 އަހަރުން ދަށުގެ ތާޖުއްދީން ގެންދިޔައީ ވެސް އިސްކަންދަރު ސްކޫލް ބަލިކޮށްފައެވެ. މި ޢުމުރުފުރައިގެ ޗެމްޕިއަންކަން ތާޖުއްދީނުން ގެންދިޔާއި ތަފާތު ބޮޑުކޮށް 61-31 ން ޕޮއިންޓުންނެވެ. މި ޢުމުރު ފުރައިގެ އެންމެ މޮޅު ކުޅުންތެރިއަކީ ތާޖުއްދީނުގެ އާމިނަތު އައިނީއެވެ. ކޯޗަކީ ތާޖުއްދީނުގެ ނީޝާ ހަލީމެވެ.

19 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ ހައި ސްކޫލުން ހޯދީ އަހުމަދިއްޔާ ސްކޫލާ ވާދަކޮށް، 61-31ގެ ބޮޑު ތަފާތަކުންނެވެ. އަހުމަދިއްޔާގެ މަލަކު އިސްމާއިލް މުޙައްމަދު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނުއިރު، ކޯޗަކީ ވިލާ ހައި ސްކޫލްގެ އައިޝަތު ލޫނާ މޫސާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *